ރާއްޖޭގެ ޚަބަރު މިއަދުގެ ސަރުކާރަކީ ގާނޫނީ ސަރުކާރެއް: މަދަނީ އިއްތިހާދުގެ ރައީސް

މިއަދުގެ ސަރުކާރަކީ ގާނޫނީ ސަރުކާރެއް: މަދަނީ އިއްތިހާދުގެ ރައީސް

މިއަދުގެ ސަރުކާރަކީ ގާނޫނީ ސަރުކާރެއް: މަދަނީ އިއްތިހާދުގެ ރައީސް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ތޭވީސް ޑިސެމްބަރު އިއްތިހާދުންބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން - ދިއިސްލާމް ފޮޓޯ : އިސްމާއީލް އަފްރާހް

މިއަދު އުފެދިފައިވާ ސަރުކާރަކީ ގާނޫނީ ސަރުކާރެއް ކަމަށް މަދަނީ އިއްތިހާދުގެ ރައީސް އައްޝައިޚް މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އިއްޔެ ހަވީރު 23 ޑިސެމްބަރުގެ އިއްތިހާދުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަދަނީ އިއްތިހާދުގެ ރައީސް ވިދާޅުވީ  މިހާރުގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހުވާކުރެއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސާއި އުއްތަމަ ފަނޑިޔާރު ބައިވެރިވެވަޑައި ގަތުން ދޭހަކޮށްދެނީ ގާނޫނީ ހައިސިއްޔަތުލިބިގެންވާ ގާނޫނީ ސަރުކާރެއް ކަމަށެވެ.

މީގެއިތުރުން މި ސަރުކާރު ދަމަހައްޓަން ކުރެވެން ހުރިހުރިހާ މަސައްކަތެއް އެ އިއްތިހާދުން ކުރާނެކަމަށް މަދަނީ އިއްތިހާދުގެ ރައީސް މުހައްމަދު ދީދީ ވިދާޅުވިއެވެ.

އިއްތިހާދު ބައިބައިވެފައިވާކަމަށް ދެކެވޭ ވާހަކައަށް ރައްދު ދެއްވަމުން އެ އިއްތިހާދުން ބުނެފައިވަނީ ތޭވީސް ޑިސެމްބަރު އިއްތިހާދާއި އެ އިއްތިހާދުގައި ބައިވެރިވެފައިވާ އަށް ސިޔާސީ ޕާޓީ ބައިބައިވެގެން ނުދާނެ ކަމަށެވެ.

ޓެގް

މަދަނީ އިއްތިހާދު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.