ރާއްޖޭގެ ޚަބަރު ތުނބުޅިދިގުކުރާ ކޮންމެ މީހަކީ ހައްދުފަހަނައަޅާފައިވާ މީހަކަށް ނުވޭ : މީޑިއާ ސެކްރެޓަރީ މަސްއޫދު

ތުނބުޅިދިގުކުރާ ކޮންމެ މީހަކީ ހައްދުފަހަނައަޅާފައިވާ މީހަކަށް ނުވޭ : މީޑިއާ ސެކްރެޓަރީ މަސްއޫދު

ތުނބުޅިދިގުކުރާ ކޮންމެ މީހަކީ ހައްދުފަހަނައަޅާފައިވާ މީހަކަށް ނުވޭ : މީޑިއާ ސެކްރެޓަރީ މަސްއޫދު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ. ވަހީދު ނޫސްވެރިއަކާ ސަލާމްކުރައްވާއިރު ކަނާތްފަރާތުގައި މީޑިއާ ސެކްރެޓަރީ މަސްޢޫދު ޢިމާދު މަޑުކޮށްލައްވައިގެން – ފޮޓޯ : ރައީސް އޮފީސް

ދިވެހިރާއްޖޭގައި ހައްދުފަހަނައަޅާފައިވާ ފިކުރުތަކުގެ ނުފޫޒު ގަދަވަމުން އަންނަ ކަމަށް އިދިކޮޅު އެމްޑީޕީއާއި އަދި ބޭރުގެ ބައެއް ފަރާތްތަކުން ފަތުރަމުންގެންދާ ޚަބަރު ރައީސް ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުން ދޮގުކޮށްފިއެވެ.

ރައީސް އޮފީހުގެ މީޑިއާ ސެކްރެޓަރީ މަސްއޫދު އިމާދާ ހަވާލާދީ ބޭރުގެ ނޫހެއްކަމުގައިވާ ޕީޓީއައިއިން ހާމަކޮށްފައިވާގޮތުގައި ރާއްޖޭގައި ދީނީގޮތުން ހައްދުފަހަނައަޅާފައިވާ ބައެއްގެ ނޫފޫޒުގަދަވަމުން އަންނަ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގު ވާހަކަތަކެކެވެ.

"އަޅުގަނޑުމެންނަކީ ހައްދުފަހަނައަޅާފައިތިބި ބައެއްނޫން. ހައްދުފަހަނައަޅާފައި ތިބޭމީހުންނަކީ ގައިގަ ބޮން ހަރުކޮށްގެން އަމިއްލައަށް ޖާނުންފިދާވާމީހުން،" މަސްއޫދު ވިދާޅުވިކަމަށް އެނޫހުގައި ބުނެފައިވެއެވެ.

މަސްއޫދު އިތުރަށް ވިދާޅުވިގޮތުގައި މީހަކު ތުނބުޅިލިއޭކިޔާފަ އެމީހާޔަކީ ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ މީހެއްކަމުގައި ބެލެވޭނެ އެއްވެސް ޖާގައެއް ނޯންނާނެ ކަމަށެވެ.

"(ތުނބުޅި ދިގުކުރުމަކީ) އެއީ ސުންނަތެއް...ފޮތުގެ ބަނޑޭރިގަނޑަށް ބަލާފަ ހުކުމް ނުކުރައްވާ. ފޮތް ވިދާޅުވެފަ ދެން ގޮތްކަނޑައަޅުއްވާ،" އޭނާ ހާމަކުރެއްވިއެވެ.

އެމްޑީޕީއިން އިދިކޮޅު ފަރާތްތަކަކީ ހައްދުފަހަނައަޅާފައިވާ ބައެއްކަމަށާއި އަދި ޓެރަރިސްޓުންގެ ނުފޫޒުގައިވާ ބައެއްކަމުގައި ތުހުމަތުކުރާއިރު މިދިޔަ ހަފްތާގައި އެމްޑީޕީއަށް ނިސްބަތްވާ ބަޔަކު ވަނީ އެޕާޓީގެ އެންމެ އާބާދީ ބޮޑު ސަރަހައްދުތަކުގައި ހުރި ފުލުހުންގެ މަރުކަޒުތަކާއި އަދި ކޯޓުތަކުގައި އަލިފާންރޯކޮށް ހުޅުޖަހައި ޓެރަރިޒަމްގެ ޢަމަލުތަކެއް ހިންގާފައެވެ. އަދި ވެރިކަމުން އިސްތިއުފާ ދިނުމަށްފަހު ކުރީގެ ރައީސް ނަޝީދު އިސްކޮށް ހުންނަވައިގެން ބާއްވަމުން ގެންދަވާ އެމްޑީޕީގެ ބައްދަލުވުންތަކުގައި ރާއްޖޭގެ އަދުގެ ސަރުކާރު ވައްޓާލައި ވެރިކަން އަނބުރާ ނަޝީދާ ހަވާލުކުރުމަށް ޖާނުންފިދާވާންވެސް ތައްޔާރަށް ތިބިކަމުގައި އެމްޑީޕީގެ އިސް ސަފުގައި ހަރަކާތްތެރިވާ ބައެއް މެންބަރުން ބުނެފައިވާކަން ފާހަގަކުރެވިފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.