ދިވެހިރާއްޖޭގައި ފުޅާދާއިރާއެއްގައި ބަނގުރާފަތުރައި އެއާންމުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މަސައްކަތްކޮށްފައިވާކަމަށް ވޯލްސްޓްރީޓް ޖަރނަލްއިން ހާމަކޮށްފައިވެއެވެ.
ވޯލްސްޓްރީޓް ޖަރނަލްއިން ބުނެފައިވާގޮތުގައި ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ ޔަހޫދީ އިސްތިއުމާރާއި ގާތްގުޅުމެއް ބޭއްވުމަށްކޮށްފައިވާ މަސައްކަތުގެ ސަބަބުންނާއި އަދި ރާއްޖޭގައި ބަނގުރާ އާންމުކުރުމަށް ނަޝީދުގެ ސަރުކާރުން ކުރި މަސައްކަތްތަކުގެ ސަބަބުން އިދިކޮޅު ފަރާތްތަކުގެ ގިނަ ފާޑުކިއުންތައް އަމާޒުވެ، ނަޝީދަކީ އިސްލާމް ދީނާއި ބީރައްޓެހި ސިޔާސަތުތަކެއް ގެންގުޅޭ ލާދީނީ ވެރިއެއްކަމުގައި އާންމުންގެ މެދުގައި ދެކެވެން ފެށުނެވެ.
މިސިޔާސަތުތަކުގެ ސަބަބުން ނަޝީދަށް އެމެރިކާގެ ތާއީދުލިބިފައި ވިނަމަވެސް ރައީސް ޑރ. މުޙައްމަދު ވަހީދު ހުސެން މަނިކުގެ ސަރުކާރަކީ އިންޤިލާބަކުން އައި ސަރުކާރެކޭ ބުނުމަށް އެމެރިކާއިން ފަސްޖެހޭކަމުގައިވެސް އެޚަބަރުގައި ހާމަކޮށްފައިވެއެވެ.
ރާއްޖޭގައި ފުޅާދާއިރާއެއްގައި ބަނގުރާފެތުރުމަށް ކުރީގެ ސަރުކާރުން މަސައްކަތްކޮށްފައިކަމަށް ވޯލްސްޓްރީޓްއިން ބުނެފައިވާއިރު، ރައީސް ނަޝީދު އިސްތިއުފާދިންދުވަހު މުލީއާގެއިން ގިނަ އަދަދެއްގެ ބަނގުރާފުޅިތަކާއި ގަންޖާގެ ވައްތަރެއް ކަމުގައިވާ ހޭޝް އޮއިލް ބޭނުންކޮށްފައި ހުރިކަމަށް ބެލެވޭ ނިޝާންތަކެއް ފުލުހުންނަށް ވަނީ ހޯދިފައެވެ.
ހޭޝްއޮއިލްއާއި ބަނގުރާފަދަ ތަކެއްޗަކީ "ސޮފްޓް ޑްރަގްސް" ކަމަށާއި އަދި މިފަދަ ތަކެތި އާންމުކޮށްގެން ނޫނީ ހެރޮއިން ނުވަތަ ބްރައުން ޝުގަރގެ ވަބާއިން ޒުވާނުން ސަލާމަތްނުވެވޭނެކަމަށް ދޭހަވާގޮތަށް ތަފާތު އެކި މުނާސަބަތުތަކުގައި ކުރީގެ ރައީސް ނަޝީދު ވާހަކަދައްކާފައިވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...