
އައްޝައިޚް މުޙައްމަދު އިބްރާހީމް (ނައިފަރީ) - ދަރުސެއް ދެއްވަނީ - ދިއިސްލާމް ފޮޓޯ : މުޙައްމަދު އާދަމް (އުޑޭ)
ޕީސް ފައުންޑޭޝަނުން އިންތިޒާމްކޮށްގެން މިމަހު 17 ވާ ހުކުރު ދުވަހުގެރޭ ޚާއްޞަ ދަރުސެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.
އެޖަމްޢިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި މިދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ އައްޝައިޚް މުޙައްމަދު އިބްރާހީމް (ނައިފަރު) އެވެ. ދަރުސް އޮންނާނީ އެރޭ 20:45 ގައި ވިލިމާލޭ ބޯޅަދަނޑުގަވެ. ޝައިޚް ދަރުސް ދެއްވާނީ "އަދި ސީދާވެގެންވާ ދީނަކީ އެއީއެވެ." މިމައުޟޫއަށެވެ.
މިދަރުސަށް އެހީތެރިވުމަށް ބޭނުންވާ ބޭފުޅުން ނަންބަރު 7692222 / 7778167 / 7772215 / 9890097 ގުޅުއްވުމަށް އެޖަމްޢިއްޔާއިން އެދެއެވެ. އަދި މިދަރުސް އަޑުއެހުމަށް ވީހާވެސް ގިނަ ބަޔަކު ހާޟިރުވުމަށް ޕީސް ފައުންޑޭޝަނުން ދައުވަތުދެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...