ރާއްޖޭގެ ޚަބަރު ރާއްޖޭގެ ސިޔާސި މަސްރަހާއި މެދު މަޝްވަރާކުރުމަށް އދ.ގެ ވަފުދެއް ރާއްޖެ އަންނަނީ

ރާއްޖޭގެ ސިޔާސި މަސްރަހާއި މެދު މަޝްވަރާކުރުމަށް އދ.ގެ ވަފުދެއް ރާއްޖެ އަންނަނީ

ރާއްޖޭގެ ސިޔާސި މަސްރަހާއި މެދު މަޝްވަރާކުރުމަށް އދ.ގެ ވަފުދެއް ރާއްޖެ އަންނަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހިރާއްޖޭގައި ފުރިހަމަ ޑިމޮކްރަސީއެއް ޤާއިމްކުރުމަށް އެހީތެރިވެދިނުމަށާއި ރާއްޖޭގެ ސިޔާސީ މަސްރަހާއި މެދު މަޝްވަރާބައްދަލުވުންތަކެއް ބޭއްވުމަށް އދ.ގެ ސިޔާސީ ވަފުދެއް އަންނަ ހަފްތާގައި ރާއްޖެއައުމަށް ހަމަޖެހިފައިވާކަމަށް އދ.އިން ހާމަކޮށްފިއެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ ބަންކީ މޫންގެ ތަރުޖަމާނު މަރޓިން ނަސަރކީ ހާމަކުރިގޮތުގައި އދ.ގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް އޮސްކަރ ފަރނެންޑެސް ޓަރަންކޯ އިސްކޮށް ހުރެގެން އދ.ގެ ސިޔާސީ ކަންތައްތަކާއިބެހޭ ޑިޕާޓްމެންޓުގެ ޓީމު ރާއްޖެއައުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 9 ވަނަ ދުވަހުއެވެ.

ނަރސްކީ އިތުރަށް ބުނެފައިވާގޮތުގައި ފުރިހަމަ ޑިމޮކްރަސީއަކަށް ރާއްޖެ ކުރާ ދަތުރުގައި ރާއްޖެއަށް އދ.އިން އެހީތެރިވެދިނުމާއި ބެހޭގޮތުންނާއި އަދި ރާއްޖޭގެ ސިޔާސީ މަސްރަހަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތަކާއި މެދު މަޝްވަރާކުރުމަށް އދ.ގެ ޓީމުން ސަރުކާރުގެ އިސްވެރިންނާއި، އިދިކޮޅު ޕާޓީތަކުގެ ލީޑަރުންނާއި އަދި މަދަނީ ޖަމާޢަތްތަކުގެ މަންދޫބުންނާއި ބައްދަލުކުރާނެއެވެ.

އދ.ގެ ސައިޓުގައި މިޚަބަރާއި ވިދިގެން ހާމަކޮށްފައިވާގޮތުގައި ރާއްޖެއަށް ގެނެސްފައިވާ ސިޔާސީ ބަދަލުގެ ފުރަތަމަ އަހަރުތަކުގައި ކޮންމެވެސް ވަރެއްގެ "ކުރިއެރުންތައް" ހޯދާފައިވިނަމަވެސް އަދިވެސް ދެކެވޭ ވާހަކައާއި ފެންނާންހުރި ޙަޤީޤަތާއި ދޭތެރޭ ހުސްކަމެއްވާކަމަށް މިދިޔަ ނޮވެމްބަރު މަހު ރާއްޖެއަށް އަށް ޒިޔާރަތްކުރި އދ. އިންސާނީ ޙައްޤުތަކާއިބެހޭ ހައިކޮމިޝަނަރ ނަވި ޕިއްލޭ ފާހަގަކޮށްފައިވާކަމަށެވެ. އަދި މީގެއިތުރުން ބައިނަލްއަޤްވާމީ ހަ މުއާހަދާއެއް ރާއްޖޭގެ މިހާރުގެ ސަރުކާރުން ބަލައިގެންފައިވާކަމަށް އެސައިޓުގައި ބުނެފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.