ސުފުރާ ގިތެޔޮ ބޯކިބާ

ގިތެޔޮ ބޯކިބާ

ގިތެޔޮ ބޯކިބާ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 

ބޭނުންވާ ތަކެތި

2 ޖޯޑު ހަނޑޫ ( ވ ހިމުންކޮށް ފުނޑާފައި )

2 ޖޯޑު ހަކުރު

2 ފިޔާ ( ތުނިކޮށް ކޮށާފައި )

2 ޖޯޑު ކާށި ކިރު

2 އިންޗި ފޮނިތޮށި

5 ކާފޫރު ތޮޅި

5 އިންޗި ރާނބާފަތް ( ބުރިބުރިކޮށްފައި )

2/1 ޖޯޑު ކަނަމަދު ( ދެފަޅި ކޮށްފައި )

1 ޖޯޑު މާފެން ( ނުވަތަ އެސެންސް. ބޮޑަށް މީރުވާނީ މާފެން )

2 މޭޒުމަތީ ސަމްސާ ގިތެޔޮ

ތައްޔާރުކުރާނެ ގޮތް

ފުރަތަމަ ރާނބާފަތް ރަހަނިކުންނަންދެން ފެނުގައި ކައްކާލައްވާށެވެ. ފޮނިތޮއްޓާއި ކާފޫރު ތޮޅި މުގުރާ ފުރާނާލައްވާށެވެ. ގިތެޔޮކޮޅުގައި ފިޔާ ރަތްކޮށްފައި ބަހައްޓަވާށެވެ. އެއައްފަހު ކިރާއި ހަނޑޫފުށް، ހަކުރު، މާފެން އަދި ރާނބާފަތުފެން ތެއްޔަކަށް އަޅާ ގިރާލުމައްފަހު ދޭފަތުން ހަލަމުން މަޑުގިނީގައި ކައްކާށެވެ. އޮލަވާން ފެށުމުން ރަތްކުރި ފިޔާ، ކަނަމަދު އަދި ފޮނިތޮށި ކާފޫރު ތޮޅީގެ ދެބައިކުޅަ އެބައި އަޅާ ފުށްރޯފިލުމުން އުންދުން މަތިން ބާލާށެވެ. ޓްރޭއެއްގައި ގިތެޔޮ ހޭކުމައްފަހު ކެއްކި ފުށްގަނޑު ޓްރޭއަށް އެޅުމައްފަހު ބާކީހުރި ފޮނިތޮށި ކާފޫރު ތޮޅި މައްޗައް ބުރުވާލާށެވެ. އަދި ބާކީހުރި ފިޔާ އަދި ކަނަމަދު ވެސް ފުށްގަނޑުގެ މައްޗައް ބުރުވާލުމައްފަހު މަޑު ބަރައުން ކުލަ އަރަންދެން ފިހެލާށެވެ.

ޓެގް

ބަދިގެ ސުފުރާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.