ހދ. ނޮޅިވަރަމްގައި ޚާއްޞަ ދަރުސެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.
މިދަރުސް އިންތިޒާމްކުރުމުގައި ހަރަކާތްތެރިވާ ޒުވާނަކު މަޢުލޫމާތުދިން ގޮތުގައި ދަރުސް އޮންނާނީ މިމަހު 10 ވާ ހުކުރު ދުވަހުގެރޭ 20:45 ގައި ނޮޅިވަރަމް ސްކޫލްގައެވެ. އާންމުކޮށް ހުޅުވާލާފައިވާ މިދަރުސް ދެއްވާނީ ޖަމްޢިއްޔަތުއްސަލަފްގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރެވެ. ޝައިޚް ސަމީރު ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ "އުފާވެރި ޙަޔާތަކަށް" މިމައުޟޫއަށެވެ.
މިދަރުސްގެ އިތުރުން އެދުވަހުގެ އަސްރު ނަމާދަށްފަހު ނޮޅިވަރަމް ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިންނަށް ވަކިވަކިން ދަރުސް ދެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެރަށުގެ ޒުވާނުން މަޢުލޫމާތުދެއެވެ.
ނޮޅިވަރަމްގެ ޒުވާނުންކޮޅެއް އިސްނަގައިގެން އިންތިޒާމްކުރާ މިދަރުސްތައް ބާއްވަނީ ޖަމްޢިއްޔަތުއްސަލަފްގެ އެހީތެރިކަމާއެކުގައެވެ. މިކަމަށްޓަކައި ރަށުގެ އާންމުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށްޓަކައި އެފަރާތްތަކަށް ޒުވާނުންގެ ފަރާތުން ޝުކުރުއަދާކުރެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...