އެމެރިކާ އެފްބީއައިއިން ކަމާނުބެހޭ މީހެއްގެ ގޭގެ ދޮރު ފަޅާލާފައި އެމީހާއަށް ބަޑިން ބިރުދައްކައިފި

އެފްބީއައިއިން ކަމާނުބެހޭ މީހެއްގެ ގޭގެ ދޮރު ފަޅާލާފައި އެމީހާއަށް ބަޑިން ބިރުދައްކައިފި

އެފްބީއައިއިން ކަމާނުބެހޭ މީހެއްގެ ގޭގެ ދޮރު ފަޅާލާފައި އެމީހާއަށް ބަޑިން ބިރުދައްކައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި)އިން މަސަޗުސެޓްސްގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ކަމާނުބެހޭ އަންހެނެއްގެ ގެއަށް ދޮރު ފަޅާލާފައިވަދެ ބަޑިން ބިރުދައްކައިފިއެވެ.

ފިޗްބަރގްގެ ޖޫޑީ ސަންޗޭޒް ނޫސްވެރިންނަށް ހާމަކޮށްފައިވާ ގޮތުގައި ޖެނުއަރީ 26 ވަނަ ދުވަހު އެފްބީއައިއިންވަނީ އޭނާގެ ދޮރު ފަޅާލާފައި އޭނާގެ ގެއަށް ވަދެ އޭނާއާއި ދިމާލަށް ބަޑި ދިއްކޮށް އޭނާ ބިންމައްޗަށް ވައްޓާލާފައި ގާތްގަނޑަކަށް ތިރީސް މިނެޓްވަންދެން އޭނާ އެޙާލުގައި ހިފަހައްޓާފައެވެ.

"އަހަރެން ހޭލުވުނީ އަޑުގަދަވެގެން. ބަދިގެއަށް އައިސްބެލިއިރު ދޮރުވަނީ ފަޅާލާފަ. އަހަރެން ދެން ހުރި ދޮރާ ދިމާލަށް ދެފިޔަޅު އެޅިތަނާހެން އިވުނީ ބަޑީގެ އަޑު. ދެން އެމީހުން ގޮވާގަތީ ތިމަންނާމެން މިއީ އެފްބީއައިއިންނޭ ތިރިވާށޭ. އަހަރެން ހަދާނެގޮތް ހުސްވެގެން އަހަރެންގެ އަމިއްލަ ގޭގައި އަހަރެން ވަގުތުން ބިންމަތީގައި އޮށޯތީ،" ސަންޗޭސް ހާމަކޮށްފައިވެއެވެ.

"އަހަރެންނަކީ އެމީހުން ހޯދަން އުޅޭމީހާއެއް ނޫނޭ،އެތައް ފަހަރަކު އަހަރެން ރޮއެ އާދޭސް ކުރިން، އަހަރެން ހިފަހަށްޓާފައި އޮތް އިރު ޖެހިގެން ހުރި ކޮޓަރީގައި އޮތް އަހަރެންގެ ތިން އަހަރުގެ ދަރިފުޅު ރޮނީ" އޭނާ އިތުރަށް ކިޔައިދިނެވެ.

އެފްބީއައިއަށް މިވަދެވުނީ ނުބައިގެއަކަށްކަން ރޭކާލީ ގާތްގަނޑަކަށް ބައިގަޑިއެއް ހާއިރު ފަހުންނެވެ. އޮޕަރޭޝަން ރެޑް ވުލްފުގެ ނަމުގައި އެފްބީއައިން ހިންގަމުން ދިޔަ އޮޕަރޭޝަނަކީ ބަޑިއާއި މަސްތުވާތަކެތި ވިއްކަމުންދިޔަ ބަޔަކު ހައްޔަރު ކުރަންވެގެން ހިންގި އޮޕަރޭޝަންއެކެވެ.

ސަންޗޭސް ބުނެފައިވާގޮތުގައި އެފްބީއައިން އިން ހިންގި މިކަންތަކުގެ ސަބަބުން އޭނާއާއި އޭނާގެ ދަރިފުޅަށް ވަނީ ނަފްސާނީގޮތުން ބިރުގެންފައެވެ. އަދި އޭނާ މިހާރު ނިދަނީ ބޭސްބޯލް ބެޓެއް ކައިރާގައި ބާއްވައިގެން ކަމުގައި އޭނާ ބުނެފައިވެއެވެ.

އެފްބީއައިއިން ވަނީ އޭނާގެ ފަރާތުން މިކަމަށް މަޢާފަށް އެދިފައެވެ.އަދި އެގެއަށް ވިގެއްލުމުގެ ބަދަލު އެފްބީއައިންވަނީ އޭނާއަށް ދީފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.