ދަރުސް ޚަބަރު އިސްލާމިކް މިނިސްޓްރީގެ ދަރުސް ތާވަލް – ފެބްރުއަރީ 3، ހުކުރު ދުވަހުގެރޭ

އިސްލާމިކް މިނިސްޓްރީގެ ދަރުސް ތާވަލް – ފެބްރުއަރީ 3، ހުކުރު ދުވަހުގެރޭ

އިސްލާމިކް މިނިސްޓްރީގެ ދަރުސް ތާވަލް – ފެބްރުއަރީ 3، ހުކުރު ދުވަހުގެރޭ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިސްލާމީ މަރުކަޒުގައި 27 ޖެނުއަރީ 2012 ގައި ބޭއްވި ދަރުސްގެ ތެރެއިން - ދިއިސްލާމް ފޮޓޯ : އިސްމާއީލް އަފްރާހް

ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި، އިސްލާމިކް މިނިސްޓްރީން އިންތިޒާމްކޮށްގެން ސިލްސިލާކޮށް ކުރިއަށްގެންދާ ޕްރޮގްރާމްތަކުންގެ ދަށުން، ކޮންމެ ހުކުރު ދުވަހެއްގެރޭ އިޝާ ނަމާދަށްފަހު މާލެ ސިޓީގެ މިސްކިތްތަކުގައި ބާއްވަމުން ގެންދާ ދަރުސްތަކުގެ ތެރެއިން ފެބްރުއަރީ 3 ވަނަ ދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިފައިވާ ދަރުސްތަކުގެ ތާވަލް އާންމުކޮށްފިއެވެ.

މިގޮތުން ދަރުސް ތާވަލް ހަމަޖެހިފައިވާ ގޮތް ތިރީގައި މިވަނީއެވެ.

1- އިސްލާމީ މަރުކަޒް – އައްޝައިޚް މުޙައްމަދު ފާރޫޤް (މައުޟޫއު: މުސްލިމުންގެ ދިރިއުޅުން ބިނާކުރަންވާނީ އިސްލާމީ ޝަރީޢަތާ އެއްގޮތަށެވެ.)

2- މަސްޖިދު ނޫރު - އައްޝައިޚް އަޙްމަދު މޫސާ (މައުޟޫއު: މައްޔިތާއަށް ދަރުމައާއި ޘަވާބު ލިބޭނީ ކޮންކަމަކުން ހެއްޔެވެ؟)

3- މަސްޖިދު ޞަލާހުއްދީން - އައްޝައިޚް ނިމާލް މުޙައްމަދު (މައުޟޫއު: ޞިއްޙަތާއި ވަޤުތުގެ ނިޢުމަތް)

4- މަސްޖިދު އިބްރާހީމް - އައްޝައިޚް ޙުސައިން ޢަބްދުﷲ ސަޢީދު (މައުޟޫއު: މުސްލިމުންގެ ދިރިއުޅުން ބިނާކުރަންވާނީ އިސްލާމީ ޝަރީޢަތާ އެއްގޮތަށެވެ.)

5- މަސްޖިދު ޖަލާލުއްދީން - އައްޝައިޚް ޢުޘްމާނު ޢަބްދުﷲ (މައުޟޫއު: މައްޔިތާއަށް ދަރުމައާއި ޘަވާބު ލިބޭނީ ކޮންކަމަކުން ހެއްޔެވެ؟)

6- މަސްޖިދު އިސްކަންދަރު - އައްޝައިޚް އަޙްމަދު ނިޒާމް (މައުޟޫއު: މުސްލިމުންގެ ދިރިއުޅުން ބިނާކުރަންވާނީ އިސްލާމީ ޝަރީޢަތާ އެއްގޮތަށެވެ.)

މިދަރުސްތަކަށް ވީހާވެސް ގިނަ ބޭފުޅުން ޙާޟިރުވުމަށް އިސްލާމިކް މިނިސްޓްރީން އެދެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.