އޭޝިއާ ޕާކިސްތާނަށް އެމެރިކާއިން ޑްރޯން ހަމަލާދޭކަމަށް އޮބާމާ އެއްބަސްވެއްޖެ

ޕާކިސްތާނަށް އެމެރިކާއިން ޑްރޯން ހަމަލާދޭކަމަށް އޮބާމާ އެއްބަސްވެއްޖެ

ޕާކިސްތާނަށް އެމެރިކާއިން ޑްރޯން ހަމަލާދޭކަމަށް އޮބާމާ އެއްބަސްވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޕާކިސްތާނުގެ ގަބީލާ ސަރަހައްދުތަކަށް ދޭތެރެ ދޭތެރެއިން ދެމުންގެންދާ ޑްރޯން ހަމަލާތަކަކީ އެމެރިކާގެ އަސްކަރިއްޔާއިން ދެމުންގެންދާ ހަމަލާތަކެއްކަމުގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާ އިއްޔެ އެއްބަސްވެއްޖެއެވެ.

ޕާކިސްތާނުގެ ޤަބީލާތަކަށް ދެމުންގެންދާ ހަމަލާތަކަކީ އެމެރިކާއިން ދެމުންގެންދާ ހަމަލާތަކެއް ކަމުގައި މީގެ ކުރިން އެމެރިކާ ސަރުކާރުން ރަސްމީ ސިފައެއްގައި މިހައިތަނަށް އެއްބަސްވެފައެއްނުވެއެވެ.

ވައިޓްހައުސްގެ ގޫގްލް ޕްލަސް ޕޭޖް މެދުވެރިކޮށް ގޫގްލް ޕްލަސް ބޭނުން ކުރާ ފަރާތްތަކަށް އޮބާމާއާއި ސުވާލުކުރުމަށް ހުޅުވާލެވުނު ފުރުސަތުގައި އޮބާމާ ހާމަކުރިގޮތުގައި ޕާކިސްތާނުގެ ގަބީލާ ސަރަހައްދަށް އެމެރިކާއިން ވަރަށް ގިނަ މިފަދަ ހަމަލާތަށްދީފައިވާނެކަމަށެވެ.

އޮބާމާ އިތުރަށް ބުނެފައިވާގޮތުގައި އެމެރިކާއިން ދެމުންގެންދާ ޑްރޯން ހަމަލާތަކަކީ 'ޓެރަރިޒަމް' ނައްތާލުމަށްޓަކައި 'ހައްދުފަހަނައަޅާފައިވާ' މުސްލިމު ޖަމާޢަތްތަކަށް އަމާޒުކޮށްގެންދެވޭ ހަމަލާތަކެކެވެ.

އޭއެފްޕީއިން ހާމަކޮށްފައިވާގޮތުގައި ޕާކިސްތާނުގެ ޤަބީލާ ސަރަހައްދުތަކަށް ހަމައެކަނި މިދިޔަ އަހަރުވެސް އެމެރިކާއިންވަނީ ޑްރޯންބޭނުންކޮށްގެން ފަންސާހަކަށް ހަމަލާދީފައެވެ. އަދި 2010 ވަނަ އަހަރު ސަތޭކައާއި ގާތްކުރާ ޢަދަދަކަށް އެމެރިކާއިން ހަމަލާދީފައިވާކަމަށްވެސް އޭއެފްޕީއިން ހާމަކޮށްފައިވެއެވެ.

'ޓެރަރިޒަމް' އާއި ދެކޮޅަށް ކުރާ ހަނގުރާމައިގެ ނަމުގައި އެމެރިކާއިން ދަނީ މުސްލިމު ޤައުމުތަކަށް އަރައި އެޤައުމުތަކުގެ މުސްލިމުންނަށް ތަފާތު އެކިގޮތްގޮތުން ޓެރަރިސްޓް ހަމަލާދީ މުސްލިމުން ޤަތުލުކޮށް މުސްލިމުންގެ ޢިއްފަތްފޭރެމުންނެވެ. މިގޮތުން އަފްޣާނިސްތާނާއި ޢިރާޤަށް ގަދަބާރުން އަރައި އެމެރިކާއިންވަނީ އެދެޤައުމު ސުންނާފަތިކޮށް އެޤައުމުގެ ރައްޔިތުން އަޅުވެތިކޮށްފައެވެ. މިހާރު އެމެރިކާއިން މިސްރާބުޖަހާފައިވަނީ ޕާކިސްތާނު ހަލާކުކޮށްލުމަށެވެ.

ހަތިޔާރު ބޭނުންކޮށްގެން ކުރެވޭ ހަނގުރާމައިގެ އިތުރުން މުސްލިމު ޤައުމުތަކަށް އެމެރިކާގެ ނުފޫޒުފޯރުވުމުގެ ގޮތުން އެމެރިކާއިން ދަނީ މުސްލިމުންނަށް އަމާޒުކޮށްގެން ތަފާތު އެކިއެކި ފިކުރީ ހަނގުރާމަތަކެއްވެސް ފަށާފައެވެ. މިގުތުން ދިވެހިރާއްޖެއަށްވެސް ޓެރަރިސްޓް އެމެރިކާގެ މިފަދަ ފިކުރީ ހަމަލާތައްދަނީ އަމާޒުވަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.