ނެދަރލޭންޑުގައި އަންނަ އަހަރު މުސްލިމުން އަންހެނުން އަޅައިއުޅޭ މޫނުބުރުގާ މަނާކުރުމަށް އެޤައުމުގެ މައިނޯރިޓީ ސަރުކާރުން ނިންމައިފިއެވެ.
ނެދަރލޭންޑުން މޫނުބުރުގާ އެޅުން މަނާކުރުމުން އެޤައުމު ވެގެންދާނީ ޔޫރަޕިއަން ޔޫނިއަންގެ ޤައުމުތަކުގެ ތެރެއިން ފްރާންސަށް ފަހު މޫނުބުރުގާ އެޅުން މަނާކުރާ ދެވަނަ ޤައުމަށެވެ.
"އެއްބަޔަކު އަނެއްބަޔަކުގެ މޫނު ފެންނަންޖެހޭނެ. އެކަކު އަނެކަކު ބައްދަލުވުމުން އެއީ ކާކުކަން އިނގެންޖެހޭނެ،" މުސްލިމުންނަށް ދުއްތުރާތައް ކުރަމުން އަންނަ އެޤައުމުގެ ސަރުކާރުގެ އިންޓީރިއަރ މިނިސްޓަރު ހާމަކޮށްފައިވެއެވެ.
މޫނުބުރުގާ އެޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން އެކަށީގެން ނުވާތަންތަނުގައި ސްކީމާސްކާއި ހެލްމެޓްފަދަ ތަކެތި އެޅުންވެސް މަނާވާނެކަމަށް ނެދަރލޭންޑުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ މެކްސިމް ވަރހަގެން މީޑީއާއަށް މަޢުލޫމާތު ދީފައިވެއެވެ.
ޕަރލިމެންޓުގައި މޫނުބުރުގާ މަނާކުރުމުގެ ބިލް ފާސްކޮށް އެބިލް ޤާނޫނަކަށް ހެދުމުގައި އެންމެ ބޮޑަށް މަސައްކަތްކޮށްފައިވަނީ އެޤައުމުގެ ޚީރޓް ވިލްޑަރސްގެ ފްރީޑަމް ޕާޓީންނެވެ. މިޕާޓީއަކީ ނެދަރލޭންޑުން އިސްލާމްދީނުގެ އަސަރު ފޮހެލުމަށް ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަ ހައްދަފަހަނައަޅާފައިވާ ޕާޓީއެކެވެ.
"ހެޔޮ ޚަބަރެއް: ނެދަރލޭންޑުގައި އެންމެ ފަހުން މޫނުބުރުގާ މަނާކުރަނީ! ހުށަހެޅުންވަނީ މިނިސްޓަރުން ބަލައިގެންފައި. ވަރަށް ބަރާބަރު!،" މިޤަވާއިދު ފާސްވުމުން ޚީރޓް އޭނާގެ ޓްވިޓަރގައި ލިޔެފައިވެއެވެ.
17 މިލިއަން އާބާދީގެ ތެރެއިން ނެދަރލޭންޑުގައި މުސްލިމުންގެ އާބާދީ 1 މިލިއަނާ ގާތްކުރެއެވެ. މޫނު ބުރުގާ މަނާކުރާ ޤާނޫނުގެ ދަށުން މޫނުބުރުގާ އަޅައިގެން އުޅޭމީހުން 390 ޔޫރޯ (510 އެމެރިކާ ޑޮލަރު) އިން ޖޫރިމެނާ ކުރާނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...