އެމެރިކާ ދުނިޔޭގެ އާބާދީ އިތުރުވަމުންދާ ނިސްބަތުން ތެލާއި ކާބޯތަކެތީގެ ބޮޑެތި މައްސަލަތައް ކުރިމަތިވަނީ

ދުނިޔޭގެ އާބާދީ އިތުރުވަމުންދާ ނިސްބަތުން ތެލާއި ކާބޯތަކެތީގެ ބޮޑެތި މައްސަލަތައް ކުރިމަތިވަނީ

ދުނިޔޭގެ އާބާދީ އިތުރުވަމުންދާ ނިސްބަތުން ތެލާއި ކާބޯތަކެތީގެ ބޮޑެތި މައްސަލަތައް ކުރިމަތިވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދުނިޔޭގެ އާބާދީ އިތުރުވަމުންދާ ނިސްބަތަށް ބަލާއިރު ކައިރި ކުރިމަގެއްގައި ރައްކާތެރި ކާނާ އާއި ހަކަތައިގެ ބޭނުންތަކަށް ބޭނުން ކުރަމުން އަންނަ ތެލުގެ ބައިތައް ވަރަށްބޮޑަށް މަދުވުމުގެ ސަބަބުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވުމުގެ ފުރުޞަތު ބޮޑުވެފައިވާ ކަމަށާއި އެކަމަށް ހައްލު ހޯދުމަށް އެންމެން އެކުގައި މަސައްކަތް ކުރަން ޖެހިފައިވާ ކަމުގައި އ.ދ.ގެ ފަރާތުން ހާމަކޮށްފިއެވެ.

އ.ދ.ގެ ފަރާތުން އާންމުކުރި ރިޕޯޓެއްގައި ހާމަކޮށްފައިވާ ގޮތުގައި 2030 ވަނަ އަހަރު އަންނަންވާއިރަށް ދުނިޔޭގެ އާބާދީގެ ތިން ބިލިއަން މީހުން ހައިހޫނުކަމުގައި ހޭދަކުރަންޖެހުމުގެ ފުރުޞަތު ބޮޑެވެ.

މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ދަނޑުގޮވާމުގެ މަސައްކަތުގައި އެސިނާޢަތުން މުހިއްމު ދައުރެއް އަދާކުރަން ޖެހިފައިވާ ކަމަށާއި އައު ޓެކްނޮލޮޖީގެ އެހީގައި އުފެއްދުންތަކުގެ މިންވަރު އިތުރު ނުކުރެވިއްޖެނަމަ، އެކަމުގެ އަސަރު ދުނިޔޭގެ އާބާދީގެ ބޮޑުބަޔަކަށް ނޭދެވޭގޮތުގައި ކުރާނެކަމަށް ހާމަކޮށްފައިވެއެވެ.

އަނެއްކޮޅުން ދުނިޔޭގެ މަސްރަހުގައި ކުރިމަތިވަމުންދާ ސިޔާސީ މައްސަލަތަކުގެ ސަބަބުން ބޭކާރު ގޮތުގައި ހޭދަކުރެވޭ ތެލާއި އަދި އެހެންވެސް ބޭނުންތަކަށް ތެޔޮ ބޭނުންކުރެވޭ މިންވަރު އިތުރުވަމުން ދިއުމުގެ ސަބަބުން ތެލުގެ ބާޒާރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެކަމަށް އަންދާޒާ ކޮށްފައިވެއެވެ.

މިކަމާއި ބެހޭގޮތުން އެކި ފެންވަރުގައި ފަންނީ ގްރޫޕްތަކުގެ މެދުގައި މަޝްވަރާތައް ކުރިއަށްދާއިރު، މަޝްވަރާތަކުން އެދެވޭ ނަތީޖާތައް ނެރެވެމުންނުދާ މައްސަލަ ގިނަބަޔަކު އަންނަނީ ފާހަގަ ކުރަމުންނެވެ. އ.ދ.ގެ ފަރާތުން ހާމަކޮށްފައިވާ ގޮތުގައި ބައެއް ޤައުމުތަކުގައި އާބާދީ ކޮންޓްރޯލު ކުރުމުގެ ސަބަބުން މައްސަލަތައް ކުރިމަތިވާއިރު، އަނެއްބައި ޤައުމުތަކުގައި އާބާދީ ކޮންޓްރޯލުން ނެއްޓި އެކަމުގެ ސަބަބުން ނޭދެވޭ ގިނަ މައްސަލަތަކަށް މަގު ހުޅުވެމުންދާ ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.