ދަރުސް ޚަބަރު ޝައިޚް މުޙައްމަދު ނަޝީދު އާދަމްގެ ޚާއްޞަ ދަރުސެއް މިރޭ

ޝައިޚް މުޙައްމަދު ނަޝީދު އާދަމްގެ ޚާއްޞަ ދަރުސެއް މިރޭ

ޝައިޚް މުޙައްމަދު ނަޝީދު އާދަމްގެ ޚާއްޞަ ދަރުސެއް މިރޭ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އައްޝައިޚް މުޙައްމަދު ނަޝީދު އާދަމް

އިސްލާމިކް މިނިސްޓްރީން އިންތިޒާމްކޮށްގެން މިރޭ ޚާއްޞަ ދަރުސެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.

މިނިސްޓްރީގެ އޮފިޝަލަކު ދިއިސްލާމަށް މަޢުލޫމާތުދެއްވި ގޮތުގައި މިދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ އައްޝައިޚް މުޙައްމަދު ނަޝީދު އާދަމްއެވެ. ދަރުސް އޮންނާނީ މިރޭ 20:30 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގަވެ. ޝައިޚް ދަރުސް ދެއްވާނީ "ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙަދީޘްފުޅުތަކާމެދު އުފެދިފައިވާ ޝައްކުތައް" މިމައުޟޫއަށެވެ.

މިދަރުސަށް ފަހު ބައިވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވުން އޮންނާނެ ކަމަށާއި، ޢިލްމުވެރިންގެ ޕެނަލްގައި ތިއްބަވާނީ ޑރ.ޢަބްދުލްމަޖީދު ޢަބްދުލްބާރީ އާއި ޝައިޚް މުޙައްމަދު ނަޝީދު އާދަމްއާއި ޝައިޚް ފައްޔާޟް ޢަލަމަނިކު ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.

މިދަރުސް އަޑުއެހުމަށް ވީހާވެސް ގިނަ ބަޔަކު ހާޟިރުވުމަށް އިސްލާމިކް މިނިސްޓްރީން އެދެއެވެ.

ޕޯސްޓަރު : އިސްލާމިކް މިނިސްޓްރީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.