އެމެރިކާ މަޝްހޫރު ފިލްމީތަރި ލީއަމް ނީސަން އިސްލާމްވުމަށް ވިސްނަމުންދާކަމަށް އޭނާ ބުނެފި

މަޝްހޫރު ފިލްމީތަރި ލީއަމް ނީސަން އިސްލާމްވުމަށް ވިސްނަމުންދާކަމަށް އޭނާ ބުނެފި

މަޝްހޫރު ފިލްމީތަރި ލީއަމް ނީސަން އިސްލާމްވުމަށް ވިސްނަމުންދާކަމަށް އޭނާ ބުނެފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޓޭކަންއާއި އޭޓީމްގައި ލީޑްރޯލް އަދާކޮށްފައިވާ ހޮލީވުޑްގެ މަޝްހޫރު ފިލްމީތަރި ލީއަމް ޖޯން ނީސަން ނަޞާރާ ދީން ދޫކޮށް އިސްލާމްދީނަށް ވަނުމަށް އޭނާ ވިސްނަމުންދާކަމުގައި އޭނާ ހާމަކޮށްފިއެވެ.

ތުރުކީގެ އިސްތަންބޫލަށް ފިލްމެއްގެ ޝޫޓިންގް ނެގުމަށް ގޮސް އުޅުނު އިރު މުސްލިމުންގެ ނަމާދުން އޭނާގެ ރޫހާނިއްޔަތު އިތުރު ކޮށްދިން ކަމުގައި އުމުރުން 59 އަހަރުގެ ނީސަން ބުނެފައިވާކަމަށް ދަސަން ނޫހުން ބުނެފައިވެއެވެ.

"ދުވާލަކު ފަސް ފަހަރު ނާމާދަށް ބަންގި ގޮވާ. ފުރަތަމަ ހަފްތާގައި އެއަޑު އިވުމުން މޮޔަވާވަރުވޭ. ނަމަވސް ދެން އެއަށްފަހު ރޫހާނިއްޔަތު ފުރިގެންދޭ. ނަމަދާކީ އަޖައިބުކުރަނިވި ރީތިކަމެއް،" އޭނާ ބުނެފައިވެއެވެ.

"މިސިޓީގައި ގާތްގަނޑަކަށް 4000 މިސްކިތް ހުރޭ. ވަރަށް ހިތްގައިމު. މުސްލިމަކަށް ވުމަށް އަހަރެންގެ ޝައުގުދަނީ އިތުރުވަމުން،" ނީސަން ހާމަކުރިއެވެ.

ނީސަން އަކީ ނަޞާރާދީނުގެ ފިރުޤާއެއް ކަމުގައިވާ ރޯމަން ކެތަލިކް އަށ ނިސްބަތްވާ ނޮދަރން އަޔަލޭންޑަށް އުފަން މީހެކެވެ. އޭނާގެ މައިންބަފައިން އޭނާގެ ނަންދީފައިވަނީ ނަޞާރާދީނުގެ ފާދިރީއެއްގެ ނަމުންނެވެ.

އުމުރުން 45 އަހަރުގައި ސްކީ ކުރަނިކޮށް ހިނގައިދިޔަ ނުރައްކާތެރި އެކްސިޑެންޓެއްގައި 2009 ވަނަ އަހަރު ނީސަންގެ އަންހެނުން ނަތާޝާ ރިޗަރޑްސަންވަނީ މަރުވެފައެވެ. ނީސަންވަނީ އޭގެ ފަހުން އޭނާގެ ދީނީ ޢަޤީދާއަށް އަންނަމުންދިޔަ ބަދަލުތަކާއި ގޮންޖެހުންތައް މީޑިއާއަށް ހާމަކޮށްފައެވެ.

"އަހަރެން ބޮޑުވެފައިވަނީ ކެތަލިކްއެއްގެ ގޮތުގައި. ނަމަވެސް ކޮންމެ ދުވަހަކު އަހަރެމެން އަހަރެމެންގެ އަމިއްލަ ނަފްސާ ސުވާލުކުރަން-އަހަރެމެން މިދުނިޔޭގައި މިކުރަނީ ކޮންކަމެއްހެއްޔޭ؟ މިދުނިޔޭގެ ދިރިއުޅުމުގެ މަޤްސަދަކީ ކޮބައިތޯ؟ އަހަރެން މިދަނީ ކަލާންގެ އާއި ބެހޭގޮތުން ލިޔެފައިހުރި ފޮތްތަކާއި އަދި އެހެންމެ އިލާހެއް ނުވާކަމަށް ބުނަމުންދާ މުލްހިދުންގެ ފޮތްތައްވެސް ކިޔަމުން،" ނީސަން ބުނެފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.