އެމެރިކާ އޮބާމާ ކޯޓަށް ހާޒިރުވުމަށް އަމުރު ނެރެފި

އޮބާމާ ކޯޓަށް ހާޒިރުވުމަށް އަމުރު ނެރެފި

އޮބާމާ ކޯޓަށް ހާޒިރުވުމަށް އަމުރު ނެރެފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދުނިޔޭގައި އޮތް އެންމެ ބޮޑު ޓެރަރިސްޓް ޤައުމުކަމަށްވާ އެމެރިކާގެ ރައީސް ބަރަކް އޮބާމާ ކޯޓަށް ހާޒިރުވާން އެމެރިކާގެ ޖޯޖިއާގެ ކޯޓަކުން އަމުރު ނެރެފިއެވެ.

ޖޯޖިއާގެ ރަށްވެއްސަކު ކޯޓަށް ވެއްދި މައްސަލައަކާ ގުޅިގެން އޮބާމާ މި ހަފުތާގައި ކޯޓަށް ހާޒިރުވާން އަމުރު ނެރެފައިވާއިރު އޭނާ އުފަންވެ ވަޑައިގެންނެވި ތާރީޚާއި އުފަންވެ ވަޑައިގެންނެވި ތަނުގެ މައްސަލަ ވަނީ މީގެ ކުރިން ވެސް ހޫނުވެފައެވެ. އެމެރިކާގެ ގާނޫނު އަސާސީ ފުރުސަތު ދެނީ ހަމައެކަނި އެމެރިކާއަށް އުފަންވާ މީހުން ރައީސް ކަމަށް ވަޑައިގަތުމަށެވެ.

ނަމަވެސް އޮބާމާއާ ދެކޮޅަށް މި މައްސަލާގައި އަޑުއުފުލާ ފަރާތްތަކުން ބުނަނީ އޮބާމާއަކީ އެމެރިކާގެ ސައްހަ މީހެއް ނޫން ކަމަށާއި އޭނާގެ އުފަން ގައުމަކީ އެމެރިކާއެއް ނޫން ކަމަށެވެ. އޮބާމާއަކީ ކެންޔާގެ ކަޅު ނަސްލުގެ ފިރިހެނަކާއި އެމެރިކާގެ ދޮން ނަސްލުގެ އަންހެނަކަށް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

އޮބާމާގެ އުފަން ތާރީޚާއި އުފަންވި ތަނާ ބެހޭ ގޮތުން އާ މައްސަލައެއް ކޯޓަށް ވައްދާފައިވާއިރު މީގެ ކުރިން އެހެން ކޯޓުތަކުން ވަނީ މި މައްސަލާގައި އޮބާމާގެ ކޮޅަށް ނިންމުން ނިންމާފައެވެ. އެހެންކަމުން އޮބާމާގެ ރިއާސީ ކެމްޕޭން އޮފިޝަލުން ވިދާޅުވެފައިވަނީ އުފަން ތާރީޚާއި އުފަންވި ތަނާ ބެހޭ އިތުރު މައްސަލައެއް ކޯޓްގައި ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

އޮބާމާ ކޯޓަށް ހާޒިރުކުރުމަށް އަމުރު ނެރެފައިވާއިރު އެމެރިކާގައި ރައީސްކަން ކުރައްވަމުން ގެންދަވާ ބޭފުޅަކު ކޯޓަށް ހާޒިރުކުރުމަކީ ވެސް ސުވާލު އުފެދި ހިޔާލު ތަފާތުވެފައިވާ މައްސަލައެކެވެ. މި އަމުރާ ދެކޮޅަށް އޮބާމާގެ ވަކީލުން މަސައްކަތްކުރެއްވި ނަމަވެސް ކޯޓުން ވަނީ އަމުރާއިގެން ކުރިއަށް ދާން ނިންމާފައެވެ.

ރަސްމީ ލިޔެކިޔުންތަކުން އެނގޭ ގޮތުން އޮބާމާގެ އުފަން ރަށަކީ ހަވާއީގެ ހޮނޮލުލޫއެވެ. އާންމުކޮށް ޗުއްޓީ ހޭދަކުރެއްވުމަށް އޮބާމާ ހިޔާރުކުރައްވާ ރަށަކީ ވެސް އެއީއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.