އެމެރިކާ ގުއަންޓަނާމޯގައި ތިބި ތާލިބާނުންގެ 5 މީހަކު މިނިވަންކުރުމަށް އެމެރިކާއިން ވިސްނަނީ

ގުއަންޓަނާމޯގައި ތިބި ތާލިބާނުންގެ 5 މީހަކު މިނިވަންކުރުމަށް އެމެރިކާއިން ވިސްނަނީ

ގުއަންޓަނާމޯގައި ތިބި ތާލިބާނުންގެ 5 މީހަކު މިނިވަންކުރުމަށް އެމެރިކާއިން ވިސްނަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކިއުބާގެ ގުއަންޓަނާމޯ ޖަލުގައިތިބި ތާލިބާނުންގެ އިސް 5 މީހަކު މިނިވަން ކުރުމާއި ބެހޭގޮތުން އެމެރިކާއިން ވިސްނަމުންދާ ކަމުގައި އެޤައުމުގެ ޚާރިޖިއްޔާއިން ހާމަކޮށްފިއެވެ. މިގޮތަށް އެމެރިކާއިން ވިސްނަން ފަށާފައިވަނީ ތާލިބާނުންނާއެކު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޞުލްޙައިގެ ވާހަކަތަކުން އެދެވޭ ނަތީޖާއެއް ހޯދުމަށް ބާރުއެޅުމުގެ ގޮތުންކަމަށްވެސް ހާމަކޮށްފައިވެއެވެ.

ތާލިބާނުންނާއެކު ވާހަކަތައް ކުރިއަށް ގެންދިއުމަށް ކުރެވެމުންދާ މަސައްކަތް ކާމިޔާބު ކުރެވޭނެކަމަށް އެމެރިކާއިން ބުނަމުންދާއިރު، އެކަމަކީ ބޭކާރުގެ ގޮތުގައި ދުއްވާލެވޭ ވަގުތު ތަކެއްކަމުގައި އަފްޣާނިސްތާނުގެ ރައީސް ހާމިދު ކަރުޒާއީ ވިދާޅުވެފައިވެއެވެ.

 އެހެންނަމަވެސް، އެމެރިކާއިން ޤަބޫލުކުރާ ގޮތުގައި މިހާރު ކުރެވެމުންދާ މަސައްކަތުގެ ސަބަބުން ސުލްހަވެރި ނަތީޖާއެއް ފެނުމުގެ އުއްމީދު ވަރަށްބޮޑެވެ.

ތާލިބާނުންގެ އިސް ބަޔަކު މިނިވަންކުރުމުން ވާހަކަތަކުގައި އެއްބާރުލުން ދޭނެކަމަށް އެޖަމާޢަތުން ހާމަކޮށްފައިވާއިރު، މީގެކުރިން ވާހަކަތަކުގައި ބައިވެރިވުމަށް އެޖަމާޢަތުންވަނީ ދެކޮޅު ހަދާފައެވެ. ޕާކިސްތާނާއި އަފްޣާނިސްތާނުގެ އޮފިޝަލުން މީގެކުރިންވަނި މިކަމުގައި މަސައްކަތް ކޮށްފައެވެ. އެރިކާގެ ޚާރިޖިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި މިމަސައްކަތް ކާމިޔާބު ކުރެވިއްޖެނަމަ، އެކަމުގެ ސަބަބުން އޭޝިޔާގެ ބޮޑު ސަރަހައްދަކުން ޓެރަރިޒަމްގެ ނުރައްކާ ކުޑަކުރެވިގެންދާނެއެވެ. އަދި އެމެރިކާއިން މިހާރު އަސްކަރީ އޮޕަރޭޝަނަށް ކުރަމުންދާ ޚަރަދުތައް ވަރަށްބޮޑަށް ކުޑަ ކުރެވިގެންދާނެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.