ލައިވް ބްލޮގް އެމްއެމްއޭ ކުރިމަތީގައި މިރޭވެސް މުޒާހަރާ އޮންނާނެކަން އިއުލާންކޮށް ނިންމާލައިފި، މުޒާހަރާގެ އިސްހަރަކާތްތެރިން ދޫނިދޫއަށް ގެންގޮސްފި!

އެމްއެމްއޭ ކުރިމަތީގައި މިރޭވެސް މުޒާހަރާ އޮންނާނެކަން އިއުލާންކޮށް ނިންމާލައިފި، މުޒާހަރާގެ އިސްހަރަކާތްތެރިން ދޫނިދޫއަށް ގެންގޮސްފި!

އެމްއެމްއޭ ކުރިމަތީގައި މިރޭވެސް މުޒާހަރާ އޮންނާނެކަން އިއުލާންކޮށް ނިންމާލައިފި، މުޒާހަރާގެ އިސްހަރަކާތްތެރިން ދޫނިދޫއަށް ގެންގޮސްފި!

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ހުކުރު ނަމާދަށްފަހު ޖުމްހޫރީ މައިދާނުގައި މުޒާހަރާކުރަނީ – ދިއިސްލާމް ފޮޓޯ : އިސްމާއީލް އަފްރާހް

 

14:58 މުޒާހަރާ ނިންމާލިކަން އިލްހާމް އިއުލާންކުރައްވައިފި. މިރޭ 20:30 ގައި އެމްއެމްއޭ ކުރިމަތީގައި އަނެއްކާވެސް މުޒާހަރާ އޮންނާނެކަން އިއުލާންކުރި.

ސަރުކާރު ޤާނޫނީ އިމުގެ ތެރެއަށް ވެއްދުމަށްޓަކައި މިއަދު ކުރި މުޒާހަރާގެ ތެރެއިން – ދިއިސްލާމް ފޮޓޯ : އިސްމާއީލް އަފްރާހް

14:52 މާލޭ ސިޓީގެ ކައުންސިލަރު އަޙްމަދު ހަމީދު (ފުލައި) ވެސް މުޒާހަރާގައި އެބަހަރަކާތްތެރިވޭ.

14:48 ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ސައީދަށް މާލެ ތެރެއިން ބަޔަކު ހަމަލާދިން ކަމުގެ ޚަބަރު ލިބޭ. އިތުރު ތަފްސީލެއް އަދި ނުލިބޭ.

14:39 މަޖިލީސް މެންބަރު އިލްހާމް ވާހަކަ ދައްކަވަން ފަށައިފި. އާންމުން ތިބީ އެމްޓީސީސީ ބިލްޑިންގު ހިސާބުގައި.

14:32 އެމްޓީސީސީ ހިސާބުގައި ތިބި އާންމުންނާއި ފުލުހުންނާ ދެމެދު ކޮންމެވެސް ވަރަކަށް ހަމަނުޖެހުން އެބަހިގާ.

14:30 ޑރ. މައުރޫފާއި ޝައިޚް އިމްރާނާއި މަދަނީ އިއްތިހާދު ޢަބްދުﷲ އާއި މަހުލޫފާއި މާޒް ސަލީމާއި  ފުއާދު ގާސިމާއި ބައެއް އެހެން މީހުން ހައްޔަރުކޮށްގެން މިހާރު ދޫނިދޫއަށް ދާން ފުލުހުން ލޯންޗުގައި ނައްޓާލައިފި.

14:22 ޖުމްހޫރީ މައިދާނަށް މިއަދު ވަނުމުން ޑރ. މައުރޫފާއި ޝައިޚް އިމްރާނާއި މަދަނީ އިއްތިހާދު ޢަބްދުﷲ އާއި ބައެއް އެހެން މީހުން ހައްޔަރުކޮށްގެން މިހާރު ދޫނިދޫއަށް ގެންދން މަސައްކަތް ކުރާ ކަމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް ޑރ. މައުރޫފު ވިދާޅުވޭ.

" އަޅުގަނޑާ ޝައިހު އިމްރާނާއި އަދިވެސ ބައެއް މީހުން ހައްޔަރުކޮށް މިހާރު ދޫނިދޫއަށް ގެންދިއުމަށް ފުލުހުން ވަނީ ތައްޔާރުވެފައި" - ޑރ. މައުރޫފު (އެސްއެމްއެސް މެދުވެރިކޮށް)

14:11 ފުލުހުންގެ ސަފުތައް އެމްޓީސީސީ ބިލްޑިންގާ ހަމައަށް ފަހަތަށް ޖެހިއްޖެ. އާންމުންވެސް ފުލުހުންގެ ސަފާ ކައިރިއަށް ގޮސްފި. ހަމަނުޖެހުމެއް ހިނގަމުން ނުދޭ.

ސަރުކާރު ޤާނޫނީ އިމުގެ ތެރެއަށް ވެއްދުމަށްޓަކައި މިއަދު ކުރި މުޒާހަރާގެ ތެރެއިން – ދިއިސްލާމް ފޮޓޯ : އިސްމާއީލް އަފްރާހް

14:05 އެމްއެމްއޭ ސަރަހައްދުގައި ތިބި މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސައިފި. މުޒާހަރާ ބައިވެރިން މަސްމާރުކޭޓު ހިސާބުގައި. ގޯޅި ގޯޅީގައިވެސް ވިއްސިވިހާލިވެފައި އެބަތިބި. ރަޔަޓް ގިޔަރު ފުލުހުންގެ ސަފު ޝީލާޑާއެކު ލޯކަލް މާރުކޓު ހިސާބުގައި.

13:49 އެމްއެމްއޭ ސަރަހައްދާ ހަމައަށް އާންމުން ފަހަތަށް ޖައްސައިފި.

13:45 ސްޓާރ ފޯސް ފުލުހުންނާއި އާންމުންނާ ދެމެދު ހަމަނުޖެހުން އެބަހިގަމުންދޭ. ބޮޑަށް ހަމަނުޖެހުން ހިގަމުންދަނީ އެއްނަންބަރު ފާލަން ކުރިމަތީގައި.

13:30 މުޒާހަރާ ރޫޅާލައިފި. އިސްސަފުގައި ތިބި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި. އޭގެ ތެރޭގައި މަހްލޫފާއި، ޢަދާލަތުގެ ރައީސް ޝައިޚް އިމްރާން އާއި ޕީޕީއެމްގެ މާޒް ސަލީމާއި މަދަނީ އިއްތިހާދުގެ ޢަބްދުﷲ މުޙައްމަދު ހިމެނޭ.

ހުކުރު ނަމާދަށްފަހު ޖުމްހޫރީ މައިދާނުގައި މިއަދު ކުރި މުޒާހަރާގެ ތެރެއިން – ދިއިސްލާމް ފޮޓޯ : އިސްމާއީލް އަފްރާހް

13:26 ރަޔަޓު ގިޔަރުގައި ތިބި ފުލުހުން ކުރިއަށް ޖެހެން ފަށައިފި. މުޒާހަރާގެ އިސްސަފުގައި މަޖިލީސް މެންބަރު މަހްލޫފާއި، ޢަދާލަތުގެ ރައީސް ޝައިޚް އިމްރާން އާއި ޕީޕީއެމްގެ މާޒް ސަލީމާއި މަދަނީ އިއްތިހާދުގެ ޢަބްދުﷲ މުޙައްމަދު ހިމެނޭ.

13:18 ސަރުކާރު ޤާނޫނީ އިމުގެ ތެރެއަށް ވެއްދުމަށްޓަކައި އިދިކޮޅު 8 ޕާޓީއާއި ތޭވީސް ޑިސެމްބަރު އިއްތިހާދު ގުޅިގެން ސިލްސިލާކޮށް ބާއްވާ މުޒާހަރާ ހުކުރު ނަމާދަށްފަހު ޖުމްހޫރީ މައިދާނުގައި ފަށައިފި.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.