ޔޫރަޕު އިޓަލީގެ ކްރޫޒް ބީހުނު ހާދިސާއަށްފަހު އައިއެމްއޯ އިން ދަތުރުފަތުރުގެ ގަވާޢިދު ބަދަލުކުރަނީ

އިޓަލީގެ ކްރޫޒް ބީހުނު ހާދިސާއަށްފަހު އައިއެމްއޯ އިން ދަތުރުފަތުރުގެ ގަވާޢިދު ބަދަލުކުރަނީ

އިޓަލީގެ ކްރޫޒް ބީހުނު ހާދިސާއަށްފަހު އައިއެމްއޯ އިން ދަތުރުފަތުރުގެ ގަވާޢިދު ބަދަލުކުރަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިޓަލީގެ ކްރޫޒް ޝިޕެއް ކަމަށްވާ ކޮސްޓަ ކޮންކޯޑިއާ ބީހުނު ހާދިސާއާ ގުޅިގެން، ބޮޑެތި ފަސިންޖަރު ލައިންތަކުގެ ސަލާމަތީ މިންގަނޑުތައް ބަދަލުކުރުމާ މެދު ވިސްނާނެ ކަމަށް އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) އިން ހާމަކޮށްފިއެވެ.

އައިއެމްއޯ އިން މިގޮތަށް ހާމަކޮށްފައިވާއިރު 4،200 މީހުންނާ އެކު ދަތުރުކުރަނިކޮށް އިޓަލީގެ ޓުސްކަންގެ އައްސޭރި ފަށަށް ހުކުރު ދުވަހު ބީހުނު ބޯޓުން މަރުވި މީހުންގެ އަދަދު ވަނީ ހަތަކަށް އަރާފައެވެ. މީހުން ހޯދުމުގެ މަސައްކަތުގައި އުޅޭ ފަރާތްތަކުން ބުނީ އަދިވެސް 15 ވަރަކަށް މީހުން ނުފެންނަ ކަމަށެވެ.

އައިއެމްއޯގެ ސެކްރެޓަރީ ޖެނެރަލް ކޯޖީ ސެކިމީޒޫ ވިދާޅުވި ގޮތުގައި ކުރިމަގުގައި މިފަދަ ހާދިސާތައް ހުއްޓުވުމުގެ ގޮތުން ސަލާމަތީ މުހިއްމު ފިޔަވަޅުތައް ހަރުދަނާ ކުރަން ޖެހިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ހަތް ޑެކްގެ ލަގްޒަރީ ލައިނާ ބީހުނު ހާދިސާއާ ގުޅުން ހުރި ކަންތައް ވަރަށް ރަނގަޅަށް ބަލާނެ ކަމަށާއި ގާނޫނާއި ގަވާއިދުތަކުން އަދި ސަލާމަތީ މިންގަނޑުތަކުން ބަދަލުކޮށް އިސްލާހުކުރަންޖެހޭ ކަންތައް އިސްލާހުކުރާނެ ކަމަށެވެ.

ބޯޓު ބީހުނު ހާދިސާއާ ގުޅިގެން އޭގެ ދެ ކެޕްޓަން މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

ޔޫރަޕްގެ އެންމެ ބޮޑު ކްރޫޒް އޮޕަރޭޓަރު ކަމަށްވާ ކޮސްޓަ ކްރޫޒަސްގެ މި ބޯޓް އުރިފައި ވަނީ އިޓަލީގެ ރޯމް ކައިރީ އޮންނަ ބަނދަރަކުން ފުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައެވެ. ބޯޓް އޮޕަރޭޓްކުރާ ކޮސްޓަ ކްރޮސިއޭރާގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ ބޯޓު ދަތުކުރީ ނުބައި މަގަކުން ކަމަށް ބުނެވެން ނެތް ކަމަށެވެ. ބޯޓް އޮޕަރޭޓްކުރާ ކުންފުނީގެ ވިޔަފާރި 2010 ވަނަ އަހަރު 2.9 ބިލިއަން ޔޫރޯ އަށް އަރާފައިވާ ކަމަށް އެކުންފުނީގެ ވެބްސައިޓުގައި ހާމަކޮށްފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.