ރާއްޖޭގެ ޚަބަރު މިއަދުގެ ސަރުކާރު ޤާނޫނީ އިމުގެ ތެރެއަށް އަތުވެއްޖައުމަށް ދާންދެން އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ޝެއިޚް އިމްރާން ގޮވާލައްވައިފި

މިއަދުގެ ސަރުކާރު ޤާނޫނީ އިމުގެ ތެރެއަށް އަތުވެއްޖައުމަށް ދާންދެން އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ޝެއިޚް އިމްރާން ގޮވާލައްވައިފި

މިއަދުގެ ސަރުކާރު ޤާނޫނީ އިމުގެ ތެރެއަށް އަތުވެއްޖައުމަށް ދާންދެން އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ޝެއިޚް އިމްރާން ގޮވާލައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޝެއިޚް އިމްރާން ވާހަކަ ދައްކަވަނީ، ދިއިސްލާމް ފޮޓޯ: އަހުމަދު މިސްބާޙް

 ޤާނޫނީ އިމުން ބޭރުވެފައިވާ ސަރުކާރު، ޤާނޫނީ އިމުގެ ތެރެއަށް އަތުވެއްޖައުމަށް ދާންދެން ވަރަށް ކެތްތެރިކަމާ ވަރަށް ސާބިތުކަމާ ވަރަށް އެކުވެރިކަމާއެކުގައި އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން ޢަބްދުﷲ ގޮވާލައްވައިފިއެވެ.

“މިއާއެކު ހުރިހައި ސިޔާސީ ޕާޓީތަކަށް އަޅުގަނޑު އިލްތިމާސްކުރަނީ، ރާއްޖޭގެ ހުރިހައި ރައްޔިތުންނަށް އިލްތިމާސްކުރަނީ، އަދާލަތުޕާޓީގެ ހުރިހައި މެންބަރުންނަށް މިއިލްތިމާސްކޮށް ގޮވާލަނީ ރާއްޖޭގައި އުފެދިފައި މިއޮތް ޤާނޫނީ އިމުން ބޭރުވެފައިވާ ސަރުކާރު، ޤާނޫނީ އިމުގެ ތެރެއަށް އަތުވެއްޖައުމަށް ދާންދެން ވަރަށް ކެތްތެރިކަމާ ވަރަށް ސާބިތުކަމާ ވަރަށް އެކުވެރިކަމާއެކުގައި އެންމެން ގުޅިގެން މަސައްކަތް ކުރަމާ ހިނގާށޭ.” ޝައިޚް އިމްރާން ވިދާޅުވިއެވެ.

ރައްޔިތުން މަގުތަކަށް ނުކުމެ ސިލްސިލާ މުޒާހަރާތަކެއް ކޮށްގެންވެސް ރައީސް ނަޝީދުގެ ސަރުކާރު ހަމަމަގަށް އަޅުވަން ވެއްޖެކަމަށް ކަމަށްވެސް ޝެއިޚް ވަނީ ވިދާޅުވެފައެވެ.

ގައުމު މިހާރު ވެއްޓިފައިވާ ނާޒުކު ފައްތަރުން ސަލާމަތް ކުރުމަށްޓަކައި އަދާލަތު ޕާޓީން މިހާރު ވަނީ ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއްވެސް އެކުލަވާލައިފައެވެ.

ޓެގް

ގޮވާލުން މުޒާހަރާ އަދާލަތު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.