ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި، އިސްލާމިކް މިނިސްޓްރީ އިން އިންތިޒާމްކޮށްގެން ސިލްސިލާކޮށް ކުރިއަށް ގެންދާ ޕްރޮގްރާމްތަކުންގެ ދަށުން، ކޮންމެ ހުކުރު ދުވަހެއްގެ ރޭ އިޝާ ނަމާދަށްފަހު މާލެ ސިޓީގެ މިސްކިތްތަކުގައި ބާއްވަމުން ގެންދާ ދަރުސްތަކުގެ ތެރެއިން ޖެނުއަރީ 13 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ދަރުސްތަކުގެ ތާވަލް ޢާއްމުކޮށްފިއެވެ.
މިގޮތުން ދަރުސް ތާވަލް ހަމަޖެހިފައިވާ ގޮތް ތިރީގައި މިވަނީއެވެ.
1- އިސްލާމީ މަރުކަޒް – އައްޝައިޚް މުޙައްމަދު ޠައްޔިބް (މައުޟޫއު: ބޮޑެތި ފާފަތަކުގެ ތެރެއިން ސިހުރުހެދުމާއި ނަފްސެއް ޤަތުލު ކުރުން)
2- މަސްޖިދުއްސުލްތާން މުޙައްމަދު ބިން ޢަބްދުﷲ (ވިޔަފާރިވެރިންގެ މިސްކިތް) - އައްޝައިޚް އުޘްމާން އަބްދުﷲ (މައުޟޫއު: ބޮޑެތި ފާފަތަކުގެ ތެރެއިން ސިހުރުހެދުމާއި ނަފްސެއް ޤަތުލު ކުރުން)
3- މަސްޖިދުއްސުލްތާން ޙަސަން އިއްޒުއްދީން (ތައިބާ މިސްކިތް) - އައްޝައިޚް އަޙްމަދު މޫސާ (މައުޟޫއު: ތައުބާވުން)
4- މަސްޖިދު އިބްރާހީމް - އައްޝައިޚް ނަޞްރުﷲ މުޞްޠަފާ (މައުޟޫއު: ބޮޑެތި ފާފަތަކުގެ ތެރެއިން ސިހުރުހެދުމާއި ނަފްސެއް ޤަތުލު ކުރުން)
5- މަސްޖިދު ފުރުޤާން - އައްޝައިހް އިއްޒުއްދީން އަދުނާން (މައުޟޫއު: ތެދުހެދުމުގެ ފައިދާ)
6- މަސްޖިދުލް އިޚްލާޞް (ވިލިމާލެ) - އައްޝައިޚް ނިމާލް މުޙައްމަދު (މައުޟޫއު: ބޮޑެތި ފާފަތަކުގެ ތެރެއިން ސިހުރުހެދުމާއި ނަފްސެއް ޤަތުލު ކުރުން)
މިދަރުސްތަކަށް ވީހާވެސް ގިނަ ބޭފުޅުން ޙާޟިރުވުމަށް އިސްލާމިކް މިނިސްޓްރީން އެދެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...