އެމެރިކާ މުސްލިމުންތަކެއް މަރާލުމަށްފަހު ގަބުރުތަކުގެ މައްޗަށް ޓެރަރިސްޓް އެމެރިކާ ސިފައިން ކުޑަކަމުދިޔަ މައްސަލައެއް ފަޅާއަރައިފި

މުސްލިމުންތަކެއް މަރާލުމަށްފަހު ގަބުރުތަކުގެ މައްޗަށް ޓެރަރިސްޓް އެމެރިކާ ސިފައިން ކުޑަކަމުދިޔަ މައްސަލައެއް ފަޅާއަރައިފި

މުސްލިމުންތަކެއް މަރާލުމަށްފަހު ގަބުރުތަކުގެ މައްޗަށް ޓެރަރިސްޓް އެމެރިކާ ސިފައިން ކުޑަކަމުދިޔަ މައްސަލައެއް ފަޅާއަރައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އެމެރިކާ ސިފައިން އަފްޣާނިސްތާނުން ބޭރުކޮށްލަން މަސައްކަތްކުރަމުން އަންނަ ތާލިބާން ހަނގުރާމަވެރިންގެ ބައެއް މީހުން މަރާލުމަށްފަހު އެމީހުންގެ ހަށިތަކަށް، އެމެރިކާ ސިފައިންގެ ބަޔަކު ކުޑަކަމުގޮސްފައިވާ މައްސަލައެއް ބޭޒާރުވެ މައްސަލަ ވަރަށްބޮޑަށް ހޫނުވެއްޖެއެވެ.

 އެމެރިކާގެ ސިފައިންގެ ކޮމާންޑުން ވަނީ މިމައްސަލަ ތަޙްޤީޤް ކުރަމުންގެންދާކަން ކަށަވަރުކޮށްދީފައެވެ. އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި މިއީ އެމެރިކާ ސިފައިންގެ އަޚްލާޤުން ބޭރުކަމެއްކަމަށްބުނެ މިކަން ތަޙްޤީޤްކުރަމުން ގެންދާ ކަމަށާއި ޔޫ ޓިއުބާއި އިންޓަރނެޓްގެ އެހެންސައިޓްތަކުން ފެންނަންހުރި މިކަމާބެހޭ ވީޑިޔޯއާއި ފޮޓޯތަކަކީ ސައްޙަ ފޮޓޯތަކެއްކަން އަދި ނޭނގޭ ކަމަށް ބުނެފައިވެއެވެ.

ތާލިބާނުންގެ ބައެއްމީހުން މެރުމަށްފަހު އޭގެތެރެއިން 3 މީހެއްގެ މަރުވެފައިވާ ހަށިތަކަށް އެމެރިކާ ސިފައިންގެ ބަޔަކު ކުޑަކަމުދިޔަ މައްސަލައަކީ ޢިރާޤުގެ އަބޫޣުރައިބު ޖަލުގައި 2004 ވަނަ އަހަރު އެމެރިކާ ސިފައިން ހިންގި އިންސާނިއްޔަތާ ޚިލާފު ޢަމަލުތައްފަދަ އެމެރިކާ ބޭޒާރުވެގެންދިޔަ ޖަރީމާއެއްކަމަށް މަދަނީ ޙައްޤުތަކަށް މަސައްކަތްކުރާ އެމެރިކާގެ މުސްލިމުންގެ ޖަމްޢިއްޔާއިން ބުނެއެވެ.

މިޖަމްޢިއްޔާއިންވަނީ މުސްލިމުންގެ މަރުވެފައިވާ ހަށިތަކުގެ ޙުރްމަތް ކެނޑި މިމައްސަލަ ބަލައިދިނުމަށާއި މިއީ އެމެރިކާ ސިފައިންގެ ބައެއްމީހުންގެ ހިތްތަކުގައި މުސްލިމުންނާމެދު ޙަސަދައާއި ނަފްރަތު އުފެދިފައިވާ މިންވަރު ހާމަވާކަމެއް ކަމަށް ސިފަކޮށް ބަޔާނެއް ނެރެފައެވެ.

އެމެރިކާ ސިފައިން ހިންގި ކަމަށްބެލެވިފައިވާ މިޢަމަލުތަކުގެ ސަބަބުން މުސްލިމުންގެ ނުރުހުމާއި ނަފްރަތު އެމެރިކާއަށް އަމާޒުވުމުގެ އިތުރުން ދުނިޔޭގައިވެސް އެމެރިކާގެ އަގު އިތުރަށްވެއްޓި ކަމަށް މުރާސިލުން ބުނެއެވެ. އެމެރިކާގެ ދިފާޢީ ވުޒާރާ ޕެންޓަގަން ގެ ތަރްޖަމާން ކެޕްޓަން ޖޯން ކެރިބީ ވަނީ މިފޮޓޯތަކާއި ވީޑިޔޯގެ ސަބަބުން އެމެރިކާ ކަންބޮޑުވެފައިވާ ކަމަށް އެއްބަސްވެފައެވެ.

މިމައްސަލަ އާއި ގުޅިގެން އަފްޣާނިސްތާނުގެ ރައީސް ހާމިދު ކަރުޒާއީވަނީ އެމެރިކާ ސިފައިންގެ މިފަދަ ޢަމަލުތަކުގެ ސަބަބުން އިންސާނީ ކަރާމާތަށް ވަރަށްބޮޑަށް ދެރަކަމާއި ނިކަމެތިކަން ލިބިފައިވާކަމަށް ވިދާޅުވެ، އެމެރިކާ ސިފައިންގެ ޢަމަލުތައް ވަރަށްބޮޑަށް ކުށްވެރި ކުރައްވާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.