އެމެރިކާ އޮބާމާ އަށް ވުރެ ވައިޓް ހައުސްގައި މަސްނޫޢީ ގޮތުން ހަދާފައިވާ މީހަކު ބެހެއްޓުން ވެސް މާ ރަނގަޅު :ފިޑެލް ކާސްޓްރޯ

އޮބާމާ އަށް ވުރެ ވައިޓް ހައުސްގައި މަސްނޫޢީ ގޮތުން ހަދާފައިވާ މީހަކު ބެހެއްޓުން ވެސް މާ ރަނގަޅު :ފިޑެލް ކާސްޓްރޯ

އޮބާމާ އަށް ވުރެ ވައިޓް ހައުސްގައި މަސްނޫޢީ ގޮތުން ހަދާފައިވާ މީހަކު ބެހެއްޓުން ވެސް މާ ރަނގަޅު :ފިޑެލް ކާސްޓްރޯ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އެމެރިކާގައި ކުރިއަށް އޮތް ރިއާސީ އިންތިހާބަށް ނުކުމެ ވަޑައިގަތުމަށް ތައްޔާރުވެ ވަޑައިގަންނަވަމުން ގެންދަވާ އެގައުމުގެ ރައީސް ބަރަކް އޮބާމާ އަށް ވުރެ ވައިޓް ހައުސްގައި މަސްނޫޢީ ގޮތުން ހަދާފައިވާ މީހަކު ބެހެއްޓުން ވެސް މާ ރަނގަޅުވާނެ ކަމަށް ވިދާޅުވެ ކިއުބާގެ އިންގިލާބީ އެއް ބަތަލު އަދި ކުރީގެ ރައީސް ފިޑެލް ކާސްޓްރޯ އޮބާމާއަށް ވަރަށްބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

"އެމެރިކާ އަށް އެންމެ ރަނގަޅު ރައީސް" ސުރުހީގެ ދަށުން ކިއުބާ ސަރުކާރުގެ ރަސްމީ ނޫހުގައި ޝާއިއުކުރެއްވި ލިޔުއްވުމެއްގައި 85 އަހަރުގެ ކާސްޓްރޯ ވިދާޅުވެފައިވަނީ އެމެރިކާގެ ރައްޔިތުންނަށް އިހްތިޔާރުތަކެއްގެ ގޮތުގައި އޮބާމާ އާއި އިދިކޮޅު ރިޕަބްލިކަން ކެންޑިޑޭޓެއް އަދި މަސްނޫޢީ ރޮބަޓެއް ދީފި ނަމަ ގިނަ މީހުންގެ ހޮވުމަކަށް ވާނީ ރޮބަޓް ކަމަށެވެ.

މި މޭރުމުން އެމެރިކާގެ ރިއާސީ ކެންޑިޑޭޓުންނަށް ފާޑުވިދާޅުވަމުން ކާސްޓްރޯ ވިދާޅުވެފައިވަނީ އެމެރިކާގެ އާންމުންގެ ހައްގުތަކަށް މަސައްކަތްކުރެއްވުމުގައި ގުރުބާންވެ ވަޑައިގެންނެވި މާޓިން ލޫތާ ކިންގްގެ ހުވަފެންތައް ހަގީގަތަކަށްވާނެ ދުވަހެއް އަދި ލަފާކުރަން ވެސް ނޭނގޭ ކަމަށެވެ.

އޮބާމާއާ ދެކޮޅަށް ވަރުގަދަ އަށް ތައްޔާރުވަމުން އަންނަ ރިޕަބްލިކަން ޕާޓީ އަށް ފާޑުވިދާޅުވަމުން ކާސްޓްރޯ ވިދާޅުވެފައި ވަނީ ސުލްހައިގެ ހަތިޔާރުތަކަށް ވުރެ އެމީހުންގެ ކެންޑިޑޭޓުންގެ އަތުގައި ނިއުކްލިއާ ހަތިޔާރު މާ ގިނަ ކަމަށެވެ.

ކާސްޓްރޯ އެމެރިކާ އަށް ފާޑުވިދާޅުވެފައިވާއިރު އީރާނާއި އެމެރިކާގެ މައްސަލަ ވެސް ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. އަދި ލެޓިން އެމެރިކާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އީރާނުގެ ރައީސް މަހްމޫދު އަހުމަދީނިޖާދު ކިއުބާ އަށް ވަޑައިގަތުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.