އައްޝައިޚް މުޙައްމަދު ޠައްޔިބްގެ ޚާއްޞަ ދަރުސެއް މިރޭ ވިލިމާލޭގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.
"ދިއިސްލާމް" އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިދަރުސް އޮންނާނީ އެއަވަށުގެ މަސްޖިދުލް އިޚްލާޞްގައި މިރޭ އިޝާ ނަމާދަށް ފަހުއެވެ. ޝައިޚް ދަރުސް ދެއްވުމަށް ހަމަޖެހިފައި ވަނީ "ﷲ ގެ ޙަޟްރަތުގައި އެއީ ބޮޑުވެގެންވާ ކަމެކެވެ." މި މައުޟޫއަށެވެ.
މިދަރުސް އިންތިޒާމް ކުރަނީ ޒުވާނުންކޮޅެއް އިސްނަގައިގެންނެވެ.
މިދަރުސް އަޑުއެހުމަށް ވީހާވެސް ގިނަ ބަޔަކު ހާޟިރުވުމަށް އިންތިޒާމް ކުރާ ފަރާތުން އެދެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...