އެމެރިކާ މެކްސިކޯގެ ޖަލަކުން 141 ކުށްވެރިއަކު ފިލައިފި

މެކްސިކޯގެ ޖަލަކުން 141 ކުށްވެރިއަކު ފިލައިފި

މެކްސިކޯގެ ޖަލަކުން 141 ކުށްވެރިއަކު ފިލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މެކްސިކޯގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ މީހުން ބަންދުކޮށް ހުކުމް ތަންފީޒު ކުރަމުންދާ ކުށްވެރިން ތިބޭ ޖަލަކުން 141 މީހަކު ފިލައިފިއެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ޖަލުގެ ދޮރުތައް ހަލާކުކޮށް އެތަނުން ސަލާމަތްވުމުގައި ޖަލު ބަލަހައްޓާ މުވައްޒަފުން އިހުމާލު ވެފައިވާކަމަށް ބެލެވޭކަމަށެވެ.

އެހެންކަމުން، މިހާރު އެކަން ތަހުޤީޤު ކުރެވެމުންދާކަމަށް އޮފިޝަލުން ހާމަކޮށްފައިވެއެވެ. މިއީ މެކްސިކޯގެ ޖަލުތަކުން މިގޮތަށް މީހުން ފިލާފައިވާ ދެވަނަ ފަހަރެވެ. ވޭތުވެދިޔަ ދެމަހެއްހާ ދުވަހުގެ ތެރޭގައި މިފަދަ ދެހާދިސާ ކުރިމަތިވުމުން އޮފިޝަލުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އަނެއްކޮޅުން އެމެރިކާގެ އޮފިޝަލުންވެސް މިކަމާއި ގުޅިގެން ކަންބޮޑުވުން ހާމަކޮށްފައެވެ. މެކްސިކޯގައި ކުރިއަށްދާ ކުށްތައް މަދުކުރުމަށް އެމެރިކާ ސަރުކާރުގެ އެހީގައި ޚާއްޞަ މަސައްކަތްތަކެއް މިހާރުވެސް ފެށިގެން ކުރިއަށްދެއެވެ.

މިމަސައްކަތް ކުރިއަށްދާއިރު، ކުށްވެރިން މިގޮތަށް ފިލައިގެންދާނަމަ، އެމަސައްކަތް ކާމިޔާބު ނުކުރެވޭނެތީ، އެމެރިކާއިން އެކަމާއި ކަންބޮޑުވާކަމަށް އޮފިޝަލުން ހާމަކުރެއެވެ.

މެކްސިކޯގައި އެންމެފަހުން ބޭއްވުނު ރިޔާސީ އިންތިޚާބުގައިވެސް އެމެރިކާއިން ވަރަށްބޮޑަށް ޚަރަދު ކޮށްފައިވެއެވެ. އަދި އެކަން އެގޮތަށް ކުރިއަށް ގެންގޮސްފައިވަނީ އެމެރިކާއަށް މަސްތުވާތަކެތި އެތެރެކުރާ ފަރާތްތައް ކޮންޓްރޯލު ކުރުމަށާއި ކުށްވެރިންގެ ފަރާތުން އެމެރިކާއަށް ކުރިމަތިވާ ގެއްލުންތަކާއި ބިރުން ސަލާމަތްވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށާއި ސިޔާސަތުތަކަށް ތާއީދުކޮށްފައެވެ. އެހެންނަމަވެސް، މިގޮތަށް ޖަލުން ކުށްވެރިން ފިލާނަމަ، އެމެރިކާގެ އެހީތެރިކަން ލިބުން ކެނޑިގެންދާނެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.