ރާއްޖޭގެ ޚަބަރު ރަނގަޅު ނަތީޖާއެއް މިއަހަރު ނެރުމަށް އަޒުމް ކަނޑައެޅުމަށް މިއީ ރަނުގެ ފުރުޞަތެއްކަމަށް ތައުލީމީ ވަޒީރު ޝިފާ މުޙައްމަދު ވިދާޅުވެއްޖެ

ރަނގަޅު ނަތީޖާއެއް މިއަހަރު ނެރުމަށް އަޒުމް ކަނޑައެޅުމަށް މިއީ ރަނުގެ ފުރުޞަތެއްކަމަށް ތައުލީމީ ވަޒީރު ޝިފާ މުޙައްމަދު ވިދާޅުވެއްޖެ

ރަނގަޅު ނަތީޖާއެއް މިއަހަރު ނެރުމަށް އަޒުމް ކަނޑައެޅުމަށް މިއީ ރަނުގެ ފުރުޞަތެއްކަމަށް ތައުލީމީ ވަޒީރު ޝިފާ މުޙައްމަދު ވިދާޅުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ވިލާ އިންޓަރ ނޭޝަނަލް ހައި ސްކޫލް---ފޮޓޯ: ދިއިސްލާމް

ވޭތުވެދިޔަ އަހަރަކީ ބޮޑެތި ކުރިއެރުންތަކެއް ލިބުނު އަހަރެއްކަމަށާއި އަދި އެ ނަތީޖާއަށް ބަލައި އެއަށްވުރެވެސް ރަނގަޅު ނަތީޖާއެއް މިއަހަރު ނެރުމަށް އަޒުމް ކަނޑައަޅަން މިއީ ރަނުގެ ފުރުޞަތެއް ކަމަށް ތައުލީމީ ވަޒީރު ޝިފާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

“ދަރިވަރުންގެ ކުރިއެރުން- އަހުރެންގެ ބައިވެރިވުން” މުޅި މުޖްތަމަޢުގެ ބައިވެރިވުމާއެކު ރަނގަޅު ނަތީޖާއެއް ހޯދުން ރަމްޒުކޮށްދޭ މި ޝިއާރުގެ ދަށުން ދިރާސީ އާ އަހަރު ކިޔެވުން މިއަދު ފަށައިފައިވާއިރު މި އަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާއަށް ލިބިފައިވާ އަދަދަކީ މިއިން ޒަމާނެއްގައި ވެސް ތައުލީމީ ދާއިރާއަށް ލިބިފައިވާވަރަށްވުރެ ބޮޑު ބަޖެޓެއް ކަމަށް ޝިފާވަނީ  ވިދާޅުވެފައެވެ. މިކަން މިގޮތަށް ހަމަޖެހިގެން ދިއައީ އުނގަންނައިދިނުމަށް މިއަދުގެ ސަރުކާރުން ދެމުން އަންނަ އިސްކަމުގެ ސަބަބުން ކަމަށް ޝިފާ އިތުރަށް ވިދާޅުވިއެވެ.

މީގެ އިތުރުން 121 ސްކޫލެއް މި އަހަރު ފެށުނު އިރު އެއްދަންފަޅިއަށް ކިޔަވައިދިނުމަށް ފަށާފައިވާއިރު ހަމައެކަނި ސްކޫލްތައް އެއްދަންފަޅިއަށް ބަދަލުކުރުމަކުން ރަނގަޅު ބަދަލެއް ނުފެންނާނެ ކަމަށާއި ރަނގަޅު ނަތީޖާއެއް ފެންނާނީ ދަރިވަރުން ކިޔެވުމަށް ޝައުޤްވެރިވާނޭ އިތުރުކަންތައްތައް ތައާރަފްކޮށް ކުދިންގެ ޝައުޤްވެރިކަން އިތުރުކުރުވައިގެން ކަމަށް ތައުލީމާ ބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ.

ޚާއްޞަ ގޮތެއްގައި ދަރިވަރުން ސްކޫލުން ބޭރުން ޓިޔުޝަން ނެގުމަށް ކުރަންޖެހޭ މަސައްކަތް ނުކޮށް އެކުދިންގެ ތައުލީމަށް ބޭނުންވާ ހުރިހައި ކަންކަމެއް ސްކޫލުތަކުގެ މާހައުލުން ހޯދައިދެވިގެންކަން ވެސް ޝިފާ ވަނީ ފާހަގަކުރައްވާފައެވެ.

ދަރިވަރުން 5 މާއްދާއިން ފާސްވާ ނިޞްބަތް 42 އިންސައްތައަށް އުފުލުމަކީ މި އަހަރުގެ އެއް އުއްމީދެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.