ޔޫރަޕު ވެސްޓް ސަސިކްސްގެ މިސްކިތެއްގައި އަލިފާން ރޯކުރި 3 މީހަކަށް ޙުކުމްކޮށްފި

ވެސްޓް ސަސިކްސްގެ މިސްކިތެއްގައި އަލިފާން ރޯކުރި 3 މީހަކަށް ޙުކުމްކޮށްފި

ވެސްޓް ސަސިކްސްގެ މިސްކިތެއްގައި އަލިފާން ރޯކުރި 3 މީހަކަށް ޙުކުމްކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިނގިރޭސިވިލާތުގެ ވެސްޓް ސަސިކްސްގެ މިސްކިތެއްގައި އަލިފާން ރޯކުރި ތިން މީހަކަށް ޒުވާނުންގެ ޖިނާޢީ މަރުކަޒަކަށް 3 އަހަރަށް ޙުކުމްކޮށްފިއެވެ.

ސަސިކްސްގެ ހޭވާޑްސް ހީތްގައި އަލަށް މަރާމާތުކޮށްގެން ހުޅުވި މިސްކިތުގައި އުމުރުން 20 އަހަރުގެ މިތިން ޒުވާނުން ރޯކޮށްލާފައިވަނީ މިދިޔަ އަހަރު ފެބްރުއަރީ 13 ވަނަ ދުވަހުއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ޖޭމްސް އެވަރލީއާއި، ޖޭމްސް ސްމިތް އަދި ޖޯޝުއާ މޮރިސް މި ޓެރަރިސްޓް ހަމަލާ ހިންގި އިރު މިސްކިތުގައި މުސްލިމުން އަޅުކަން ކުރަން ތިއްބެވެ. އަދި އަލިފާންގަނޑު އަވަހަށް ނިއްވާނުލެވުނު ނަމަ ވަރަށް ބޮޑު ނުރައްކާތެރި ހާދިސާއެއް ހިނގީސްކަމަށް ފުލުހުން ބުނެފައިވެއެވެ.

"އަލިފާން ރޯކުރިއިރު މިސްކިތުގައި ބަޔަކު ތިބި. އަލިފާންގަނޑު އަވަހަށް ނިއްވާނުލެވުނު ނަމަ ވަރަށް ނުރައްކާތެރި ހާދިސާއެއް ހިނގީސް. ނަސީބަކުން ހަމައެކަނި ބިލްޑިންގ އަށް ގެއްލުންވީ. ވަކި ދީނަކަށް ނިސްބަތްވާތީ އެމީހުންނާ ދެކޮޅަށް މިފަދަ ނޭއްގާނީ ޢަމަލުތައް ހިންގުމަކީ އެއްގޮތަކަށްވެސް ޤަބޫލުކުރެވޭނެ ކަމެއްނޫން،" ޗީފް އިންސްޕެކްޓަރ ޖޮން ހަލް ބުނެފައިވެއެވެ.

މިހާދިސާއަށް ފަހު އަލުން މަރާމާތު ކުރުމަށްފަހު ތިން މަސްފަހުން މިސްކިތްވަނީ ހުޅުވާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.