ރާއްޖޭގެ ޚަބަރު ކިތާބުއް ތަޥްޙީދު ގެ ދިވެހި ތަރުޖަމާ ނިކުމެއްޖެ

ކިތާބުއް ތަޥްޙީދު ގެ ދިވެހި ތަރުޖަމާ ނިކުމެއްޖެ

ކިތާބުއް ތަޥްޙީދު ގެ ދިވެހި ތަރުޖަމާ ނިކުމެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޝައިޚުލްއިސްލާމް މުޙައްމަދު ބިން ޢަބްދުލްވައްހާބް ލިޔުއްވާފައިވާ މަޝްހޫރު ފޮތް "ކިތާބުއް ތަޥްޙީދު" ގެ ދިވެހިތަރުޖަމާ ނިކުމެއްޖެއެވެ.

އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް (އައިއެފްއެމް)ގެ ފަރާތުން ޗާޕުކޮށްނެރެފައިވާ 242 ޞަފްޙާގެ މިއަގުހުރި ފޮތް ތަރުޖަމާކޮށްފައިވަނީ ސައުދިޢަރަބިއާގެ މަދީނާގެ ޖާމިޢާ އިސްލާމިއްޔާއިން ދަސްވެނިވެފައިވާ ޝެއިޚެއްކަމުގައިވާ  ޅ. ނައިފަރު އައްޝެއިޚް މުޙައްމަދު އިބްރާހީމެވެ.

ދިއިސްލާމަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެހާމެ ގިނަގުނަ ފައިދާތަކެއް އެކުލެވިގެންވާ މިފޮތް ލިބެން ހުންނާނީ އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްގެ އޮފީހުންނެވެ. އަދި މިމަހު 15ވަނަ ދުވަހުގެ ނިޔަލަށް މިފޮތް 150 ރުފިޔާއަށް ލިބެން ހުންނާނެކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.

ޝައިޚުލްއިސްލާމް މުޙައްމަދު ބިން ޢަބްދުލްވައްހާބްގެ ކިތާބުއް ތަޥްޙީދަކީ ތަޥްޙީދު ނުވަތަ މާތް ﷲ އެއްކައުވަންތަކުރުމުގެ ބާބުގައި ތައުލީފުކުރެވިފައިވާ ގިނަގުނަ ފޮތްތަކުގެ ތެރެއިން ޢިލްމުވެރިންގެ އަރިހުގައި އެންމެ ފާހަގަކޮށްލެވޭ އަދި އެންމެ މަޝްހޫރު އެއްފޮތެވެ.

ތަޥްޙީދަކީ އެކަމަކަށްޓަކައި އިންސާނުންނާއި ޖިންނީން އުފެއްދެވި މަތިވެރި މާތް މަޤްޞަދެވެ. މާތް ﷲ މިކަން ބަޔާންކުރައްވައި ވަޙީ ކުރައްވާފައިވެއެވެ.﴿وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ﴾ މާނައީ: ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ.

ތަޥްޙީދުގެ މުހިއްމުކަން ހާމަކުރައްވަމުން ރާއްޖޭގެ ތަރީޚުގައި އުފެދުނު މަޝްހޫރު ޅެންވެރިޔާ، ހުތް އަލިދީދީ ވިދާޅުވެފައިވެއެވެ. "ރައްބީ މިހެން ކުރައްވަތެ ވަޙީ، ޤުރްއާނުގައި މާގަދަ ޙުކުމް، އާދަމް ދަރީންނާއި އެންމެހައިކަތު ހެއްދެވީ، ނީންނާއި ޖިން ނޫނޭ އެހެން ކަމަކަށްޓަކައި، އަޅުކަންކުރާށޭ ދީނުގައި، ޤާއިމް ވެދާދޭ އެކަމުގައި، އެކަމަށްޓަކައި ހިނދު ހެއްދެވީ، ޝައްކެއްނެތޭ ގުރުއާންގައި މާގަދަކުރެއްވި ހުކުމޭ މިއީ، ހީކޮށް ނުރައިބެއް މިކަމުގައި ނެތަމޭ ވެދާނާ ތަބަޢަވީ"

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.