ދަރުސް ޚަބަރު އިސްލާމިކް މިނިސްޓްރީގެ ދަރުސް ތާވަލް – ޖެނުއަރީ 6، ހުކުރު ދުވަސް

އިސްލާމިކް މިނިސްޓްރީގެ ދަރުސް ތާވަލް – ޖެނުއަރީ 6، ހުކުރު ދުވަސް

އިސްލާމިކް މިނިސްޓްރީގެ ދަރުސް ތާވަލް – ޖެނުއަރީ 6، ހުކުރު ދުވަސް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 

އިސްލާމީ މަރުކަޒުގައި ބޭއްވި ދަރުސެއްގެ ތެރެއިން

ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި، އިސްލާމިކް މިނިސްޓްރީ އިން އިންތިޒާމްކޮށްގެން ސިލްސިލާކޮށް ކުރިއަށް ގެންދާ ޕްރޮގްރާމްތަކުންގެ ދަށުން، ކޮންމެ ހުކުރު ދުވަހެއްގެ ރޭ އިޝާ ނަމާދަށްފަހު މާލެ ސިޓީގެ މިސްކިތްތަކުގައި ބާއްވަމުން ގެންދާ ދަރުސްތަކުގެ ތެރެއިން ޖެނުއަރީ 6 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ދަރުސްތަކުގެ ތާވަލް ޢާއްމުކޮށްފިއެވެ.

މިގޮތުން ދަރުސް ތާވަލް ހަމަޖެހިފައިވާ ގޮތް ތިރީގައި މިވަނީއެވެ.

1- އިސްލާމީ މަރުކަޒް –  އައްޝައިޚް އަޙްމަދު ސަމީރު އިބްރާހީމް (މައުޟޫއު: ބިދުޢީ ކަންތައްތަކުން ރައްކާތެރިވުން)

2- މަސްޖިދު ނޫރު - އައްޝައިޚް އުޘްމާން އަބްދުﷲ - (މައުޟޫއު: އާޚިރަތް ދުވަހަށް އީމާންވުން)

3- މަސްޖިދު ޞަލާހުއްދީން - އައްޝައިހް ނިމާލް މުޙައްމަދު (މައުޟޫއު: އާޚިރަތް ދުވަހަށް އީމާންވުން)

4- މަސްޖިދު ޖަލާލުއްދީން - އައްޝައިޚް މުޙައްމަދު ޠައްޔިބް - (މައުޟޫއު: އާޚިރަތް ދުވަހަށް އީމާންވުން)

5- މަސްޖިދު އިސްކަންދަރު - އައްޝައިޚް އަޙްމަދު މޫސާ - (މައުޟޫއު: އާޚިރަތް ދުވަހަށް އީމާންވުން)

6- މުޙައްމަދު ޤާސިމް ބިން އާލްޘާނީ (ހުޅުމާލެ) - އައްޝައިޚް ޙަސަން ތައުފީޤް ޢަބްދުއްރަޙްމާން - (މައުޟޫއު: ޤިޔާމަތް ދުވަހުން މާތްﷲގެ ހިޔާވަހިކަން ދެއްވާ މީހުން)

މި ދަރުސްތަކުގެ އިތުރުން ހުކުރު ދުވަހު އަޞްރު ނަމާދަށް ފަހު މަސްޖިދު އިބްރާހީމްގައި ޤުރުއާން ތަފްޞީރު ކްލާސް އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. މި ކްލާސް ނަންގަވައި ދެއްވަނީ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްގެ އެކްޓިންގ ޑީން އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް އެވެ.

މިދަރުސްތަކަށް ވީހާވެސް ގިނަ ބޭފުޅުން ޙާޟިރުވުމަށް އިސްލާމިކް މިނިސްޓްރީން އެދެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.