އެމެރިކާ ވެނެޒުއޭލާއިން ނިއުކްލިއަރ މަސައްކަތް މަޑުޖައްސާލިކަން ޗަވޭޒް އިޢުލާން ކުރައްވައިފި

ވެނެޒުއޭލާއިން ނިއުކްލިއަރ މަސައްކަތް މަޑުޖައްސާލިކަން ޗަވޭޒް އިޢުލާން ކުރައްވައިފި

ވެނެޒުއޭލާއިން ނިއުކްލިއަރ މަސައްކަތް މަޑުޖައްސާލިކަން ޗަވޭޒް އިޢުލާން ކުރައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދެކުނު އެމެރިކާ ބައްރުގެ ވެނެޒުއޭލާއިން ނިއުކްލިއަރ މަޝްރޫޢެއްގެ މަސައްކަތް ރަޝިޔާއާއި އިރާނުގެ އެހީގައި ކުރިއަށް ގެންދިއުމަށް ރާވާފައިވީ ނަމަވެސް، އެމަސައްކަތް މިވަގުތަކަށް މަޑުޖައްސާލަން ނިންމަވާފައިވާކަމުގައި ވެނެޒުއޭލާގެ ރައީސް ހޫގޯ ޗަވޭޒް އިޢުލާން ކުރައްވައިފިއެވެ.

 ޗަވޭޒް ވިދާޅުވި ގޮތުގައި ޖަޕާނަށް މިދިޔަ އަހަރު ކުރިމަތިވި ބިންހެލުމާއި ސުނާމީއާއި ގުޅިގެން އެޤައުމަށް މިހާރު ކުރިމަތިވެފައިވާ ނިއުކްލިއަރ ބިރުވެރިކަމުގެ ނުރައްކަލުގެ ސަބަބުން މިފަދަ މަސައްކަތެއް މިވަގުތު އެޤައުމުގައި ފެށުމާއިމެދު ފުންކޮށް ވިސްނަން ޖެހިފައިވާކަމަށެވެ.

 ސަރުކާރުގެ ކުރީގެ އަމާޒަކީ ނިއުކްލިއަރ ހަކަތައިން ޤައުމަށް ބޭނުންވާ ގިނަ ކަރަންޓާއި އެހެންވެސް ޚިދުމަތްތައް ފުރިހަމަ ކުރުން ކަމުގައިވީ ނަމަވެސް، ޖަޕާން ފަދަ ކުރިއަރާފައިވާ ޤައުމަކަށް ކުރިމަތިވި މިޙާދިސާގައި ރައްކާތެރިކަން ހޯދުމަށް ކުރެވޭ މަސައްކަތަށް އިޝާރާތް ކުރައްވަމުން ޗަވޭޒް ވިދާޅުވީ، އެފަދަ ނުރައްކަލަކުން ދިފާޢުވުމުގެ ޤާބިލްކަން ވެނެޒުއޭލާއަށް ލިބިފައި ނެތްކަމަށެވެ.

 ޗަވޭޒް ވިދާޅުވި ގޮތުގައި ސަރުކާރުން މިމަޝްރޫޢުގެ އެއްވެސް ކަމެއް އަލުން ކުރިއަށް ގެންދާނީ ވަރަށްގިނަ ފަރާތްތަކާއެކު މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ.

އަދި ރަޝިޔާއިން މިކަމުގައި މިހާތަނަށް ވެދީފައިވާ އެއްބާރުލުންތަކާއި އެހީތަކަށް ޝުކުރު އަދާކުރައްވަމުން، މިމަޝްރޫޢު އަލުން ފަށާގޮތަށް އެއްވެސް ދުވަހަކުން ނިންމައިފިނަމަ، އެކަމުގައި އަދިވެސް އެއްބާރުލުން ލިބިގެންދާނެކަމަށް އުއްމީދު ކުރައްވާކަމުގައި ވިދާޅުވެފައިވެއެވެ.

 ޗަވޭޒްވަނީ ޖަޕާނަށް ކުރިމަތިވި ގެއްލުންތަކަށް ހަމްދަރުދީ ފާޅުކުރައްވާފައެވެ. އަދި ވެނެޒުއޭލާއިން ޖަޕާނަށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.