ރާއްޖޭގެ ޚަބަރު ކީރިތި ރަސޫލާ ޞައްލަﷲއަލައިހި ވަސައްލަމަ ގެ ސުންނަތަށް އިންކާރުކުރުމުގެ ފިކުރެއް މުސްލިމުންގެ މެދުގައި އަށަގަނެ ފެތުރެމުންދާ ކަމަށް އިލްމުވެރިން ވިދާޅުވެއްޖެ

ކީރިތި ރަސޫލާ ޞައްލަﷲއަލައިހި ވަސައްލަމަ ގެ ސުންނަތަށް އިންކާރުކުރުމުގެ ފިކުރެއް މުސްލިމުންގެ މެދުގައި އަށަގަނެ ފެތުރެމުންދާ ކަމަށް އިލްމުވެރިން ވިދާޅުވެއްޖެ

ކީރިތި ރަސޫލާ ޞައްލަﷲއަލައިހި ވަސައްލަމަ ގެ ސުންނަތަށް އިންކާރުކުރުމުގެ ފިކުރެއް މުސްލިމުންގެ މެދުގައި އަށަގަނެ ފެތުރެމުންދާ ކަމަށް އިލްމުވެރިން ވިދާޅުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިލްމުވެރިންގެ މަހާސިންތާ--ދިއިސްލާމް ފޮޓޯ: އިބްރާހިމް އަޝްވާޤް އިހުސާން

ކީރިތި ރަސޫލާ ޞައްލަﷲއަލައިހި ވަސައްލަމަ ގެ ސުންނަތަށް އިންކާރުކުރުމުގެ ފިކުރެއް މުސްލިމުންގެ މެދުގައި އަށަގަނެ ފެތުރެމުންދާ ކަމަށާއި އެ ފިކުރު ރާއްޖޭގައި ހަރުލިޔަ ނުދިނުމަށްޓަކައި ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް އިއްޔެ ރޭ ނިމުނު އިލްމުވެރިންގެ މަހާސިންތާގައި އިލްމުވެރިން ވިދާޅުވެއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ފެށުނު އިލްމުވެރިންގެ މަހާސިންތާގައި ޑރ. އަބްދުލްމަޖީދު އަބްދުލް ބާރީ، "ސުންނަތް؛ އިސްލާމީ ޝަރީއަތުގެ ދެ ވަނަ މަސްދަރު" މި މައުޟޫއަށް ހުށަހެޅުއްވި ކަރުދާހާ ބެހޭ ގޮތުން ކުރި ބަހުސްގައި ވާހަކަދެއްކެވި ހުރިހާ އިލްމުވެރިންހެން ވިދާޅުވީ ސުންނަތާ އިދިކޮޅު ފިކުރުތަކަކީ އިސްލާމް ދީނާ ދެކޮޅަށް މަސައްކަތްކުރާ ބައެއްގެ ފިކުރުތަކެއްކަމަށެވެ.

ޑރ މަޖީދު މަހާސިންތާގެ ބައިވެރިންނަށް ކަރުދާސް ހުށައަޅަމުން ވިދާޅުވީ ކަމަކާ މެދު ކީރިތި ގުރްއާނުގައި ވަކި ގޮތަކަށް ހުކުމެއް އައިސްފައި ނެތަސް، ސުންނަތުން އެ ކަމުގެ ހުކުމް ސާބިތުވާ ނަމަ އެއީ ވެސް ޝަރުއީ ހުކުމެއް ކަމަށް ގަބޫލުކުރަންޖެހޭ ކަމަށާއި އެ ގޮތް ގަބޫލުނުކޮށް އަދި އެ ގޮތަށް އަމަލުނުކުރާ މީހެއްގެ އީމާންކަން ފުރިހަމަނުވާނެ ކަމަށެވެ.

އިލްމުވެރިންގެ މި ބޮޑު މަހާސިންތާގައި ވަނީ ގިނަ ނިންމުންތަކެއް ނިންމާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.