ރާއްޖޭގެ ޚަބަރު "އިޒްރޭލަކީ ޣައިރު ގާނޫނީ ގައުމެއް ކަމަށް އަބަދުވެސް ގަބޫލު ކުރަން" - ޑރ މަޖީދު

"އިޒްރޭލަކީ ޣައިރު ގާނޫނީ ގައުމެއް ކަމަށް އަބަދުވެސް ގަބޫލު ކުރަން" - ޑރ މަޖީދު

"އިޒްރޭލަކީ ޣައިރު ގާނޫނީ ގައުމެއް ކަމަށް އަބަދުވެސް ގަބޫލު ކުރަން" - ޑރ މަޖީދު

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދިއިސްލާމް ފައިލް ފޮޓޯ: އިސްމާޢިލް އަފްރާހް

އިޒްލޭރަލީ ގަނޫނީ ދައުލަތެއްކަމަށް ގަބޫލު ނުކުރާކަމަށާއި އިޒްރޭލަކީ ޣައިރު ގާނޫނީ ގައުމެއް ކަމަށް އަބަދުވެސް ގަބޫލު ކުރައްވާކަމަށް ޑރ މަޖީދު އަބްދުލް ބާރީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީގައި  ވާހަކަ ދައްކަވަމުން ޑރ މަޖީދު ވިދާޅުވީ  އިޒްރޭލަކީ ބައިނަލްއަގްވާމީ ގޮތުން ވަރަށް ގިނަ ގައުމުތައް ބަލައިގެންފައިވާ ގައުމެއް ކަމަށްވިޔަސް ޕާސަނަލީ އިޒްރޭލަކީ ގާނޫނީ ދައުލަތެއްކަމަށް ގަބޫލެއް ނުކުރަން އެއީ،" ޑރ. މަޖީދު ވިދާޅުވި އެވެ.

މަޖީދު ވިދާޅުވީ އިޒްރޭލަކީ ބައިނަލްއަގްވާވީ ގަރާރުތަކަށް ކިޔަމަންނުވާ ގައުމަކަށް ވުމުން އެކަހެރިކޮށްފައިވާ ގައުމެއްކަމަށެވެ. އެހެންކަމުން އިޒްރޭލުން އެހެން ގައުމުތަކުގެ ހަމްދަރުދީ ހޯދުމަށް މަސައްކަތް ކުރާކަމަށެވެ. އެގޮތުން އިޒްރޭލުގެ ޑޮކްޓަރުންތަކެއް މިދަޔަ އަހަރު ރާއްޖެއަށް އައިސް ލޮލުގެ ކޭމްޕެއް ބޭއްވިކަން އިސްލާމިކް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"އެހެންވީމަ އެއީ އެ ޕްރޮޕެގެންޑާގެ ދަށުން އިޒްރޭލުން ކުރަމުން އަންނަ މަސައްކަތެއް ހަމްދަރުދީ ހޯދުމަށް. އިޒްރޭލުގެ ނޭއްގާނީ ކަމާއި މި ކަންތައްތަކުގެ ވާހަކަ އަކީ ދުނިޔޭގެ އެއްވެސް ގައުމަކަށް ވަންހަނާ ވެފައިވާ ކަމެއް ނޫން. އެހެންވީމަ ދީނީ ނަޒަރަކުން އަޅުގަނޑުމެން ވާހަކަ ދެއްކުން އެއްކިބާ ކޮށްލާފައި އަޅުގަނޑުމެން ގަބޫލުކުރާ އުސޫލުތަކަށް ބެލިކަމުގައި ވިޔަސް އިޒްރޭލާ އެކީގައި ގުޅުން ބަދަހިކޮށް އިޒްރޭލުގެ ފްލައިޓްތައް ދިވެހިރާއްޖެ އަށް އައުމަކީ އެ ގޮތުން ބަލާއިރު އެއްވެސް ހާލެއްގައި އަޅުގަނޑުމެން ފަދަ ޑިމޮކްރެޓިކް އުސޫލުތައް ގަބޫލުކުރާ އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތާ އެކަމަށް ވަކާލާތުކުރާ ގައުމަކުން އެއްވެސް ހާލެއްގައި ކޮށްގެންވާނެ ކަމެއް ކަމަށް އަޅުގަނޑު ނުދެކެން،" އިސްލާމިކް މިނިސްޓަރު ގައުމީ ސަލާމަތީ ކޮމެޓީގައި ވާހަކަ ދައްކަމުން ވިދާލުވިއެވެ.

ރާއްޖެއިން އެއްވެސް ސިފައެއްގައި އިޒްރޭލާއެކީ އެއްވެސް ކަހަލަ މުއާމަލާތެއް ނުކުރެވޭނެ ގޮތަށް ރައްޔިތުން މަޖިލީހުން ގަރާރެއް ފާސްކޮށްދިނުމަށް ގައުމީ ސަލާމަތީ ކޮމިޓީއަށް މިއަދު ޑރ މަޖީދު ހާޒިރު ކުރުމުން ވަނީ އެދެވަޑައިގެންފައިވެއެވެ.

 

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.