
"އިސްލާމް ދީނުގެ ހިމާޔަތުގައި ދިވެހިން" ޑިސެމްބަރ 23 ގެ މުޒާހަރާގައި އެތަށް ހާސް ރައްޔިތުން ބައިވެރިވަނީ---ފޮޓޯ: ދިއިސްލާމް
ރާއްޖޭގެ ތާރީޚްގައިވެސް ބޭއްވިގެން ދިޔަ އެންމެ ބޮޑު މުޒާހަރާގައި ސަރުކާރަށް ހުށައެޅި ހުށައެޅުންތައް ސަރުކާރުން ބަލައިގަންނަށް ޖެހޭނެކަމަށް ގިނަ ބަޔަކު ގަބޫލުކޮށްފިއެވެ.
ރޭ ވިޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ނެގި ޕޯލުން ދައްކާގޮތުގައި 91% މީހުން ބުނެފައިވަނީ 23 ޑިސެމްބަރ ގައި ބޭއްވުނު މުޒާހަރާގައި ސަރުކާރަށް ކުރި ޑިމާންޑްތަށް ސަރުކާރުން ބަލައިގަންނަށް ޖެހޭނެކަމަށެވެ. އެހެންނަމަވެސް 09 % މީހުން ބުނެފައިވަނީ އެ ޑިމާންޑްތަށް ބަލައިގަންނަށް ނުޖެހޭނެކަމަށެވެ.
އިސްލާމްދީން ހިމާޔަތްކުރުމަށް ގޮވާލައި މަދަނީ އިއްތިހާދުން ބޭއްވި ބޮޑު މުޒާހަރާގެ ޑިމާންޑްތަކާ މެދު ސަރުކާރުން ފިޔަވަޅު އަޅާނެ ކަމަށާއި އެތައް ސަތޭކަ ރައްޔިތުން ސަރުކާރަށް ކަންތައްތަކެއް ހުށަހެޅުމުން އެކަމާ ސަރުކާރުން ވިސްނާނެ ކަމަށް ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ވަނީ ވިދާޅުވެފައެވެ.
ޕްރެސް ސެކްރެޓަރީ މިހެން ވިދާޅުވެފައިވާއިރު ރީކޯ މޫސަ ވިދާޅުވެފައިވަނީ ސަރުކާރަށް އެއްވެސް ކަމެއް މަޖުބޫރެއް ނުކުރެވޭނެ ކަމަށެވެ. އަދި މަގު މެދުގައި ހަވަރު އެއްކޮށްގެން ރައީސް ނަޝީދަކަށް އެއްވެސް ކަމެއް ޑިމާންޑް ނުކުރެވޭނެ ކަމަށާއި އެކަންތައްތައް ރައީސް ނަޝީދު އަޑުއެއްސެވިޔަ ނުދޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ޑިސެމްބަރ 23 ގެ މުޒާހަރާގައި ލައްކައަކަށް ވުރެ ގިނަ މީހުން ބައިވެރިވެ އިސްލާމްދީނަށް ނަޞްރުދީ، އިސްލާމްދީން ހިމާޔަތް ކުރުމަށް އަޑު އުފުލާފައިވާކަން ފާހަގަކުރެވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...