
"އިސްލާމްދީނުގެ ޙިމާޔަތުގައި ދިވެހިން" ޝިޢާރުގެ ދަށުން ހުކުރު ދުވަހު މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން – ދިއިސްލާމް ފޮޓޯ
"އިސްލާމްދީނުގެ ޙިމާޔަތުގައި ދިވެހިން" ޝިޢާރުގެ ދަށުން ޑިސެމްބަރ 23 ގައި ރާއްޖޭގެ ކަންކޮޅުތަކުގައި ބޭއްވި ބޮޑު މުޒާހަރާއާ އިން ސަރުކާރަށް ބޮޑު މަންޒަރު ދައްކުވާދެވިއްޖެ ކަމަށް ވީޓީވީ އިން ނެގި ޕޯލްއެއްގައި ބައިވެރިވި 99% ރައްޔިތުން ބުނެފިއެވެ.
ވީޓީވީ އިން ރޭ ފޮނުވި "ފަސްމަންޒަރު" ޕްރޮގްރާމްގެ ޕޯލްގައި ސުވާލުކޮށްފައި ވަނީ ޑިސެމްބަރ 23 ގައި ބޭއްވި ބޮޑު މުޒާހަރާއާ އިން ސަރުކާރަށް ބޮޑު މަންޒަރު ދައްކުވާދެވިއްޖެ ކަމަށް ޤަބޫލުކުރަންތޯ ނުވަތަ ނޫންތޯ އެވެ. އެ ޕޯލްގެ ނަތީޖާއިން ދެއްކި ގޮތުގައި ޖަވާބު ދިން މީހުންގެ 99% މީހުން ބޮޑު މަންޒަރު ދައްކުވާދެވިއްޖެ ކަމަށް ބުނެފައިވާ އިރު، ބޮޑު މަންޒަރު ދައްކުވާނުދެވޭ ކަމަށް ބުނެފައި ވަނީ އެންމެ 1% މީހުންނެވެ.
ރޭގެ ޕްރޮގްރާމްގައި ބޮޑު މުޒާހަރާ އާ ގުޅޭގޮތުން، ޢަދާލަތު ޕާޓީގެ ނައިބު ރައީސް ޑރ. މަޢުރޫފް ޙުސައިން އާއި އެޕާޓީގެ އިސްތަރުޖަމާނު އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވާހަކަ ދެއްކެވި އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...