ދިއިސްލާމް ޑިސެމްބަރ 23 ގެ ބޮޑު މުޒާހަރާއަށް ތައްޔާރުވުމުގެ ގޮތުން ކުޅުދުއްފުށީގައި މަސައްކަތްތައް ފަށަައިފި

ޑިސެމްބަރ 23 ގެ ބޮޑު މުޒާހަރާއަށް ތައްޔާރުވުމުގެ ގޮތުން ކުޅުދުއްފުށީގައި މަސައްކަތްތައް ފަށަައިފި

ޑިސެމްބަރ 23 ގެ ބޮޑު މުޒާހަރާއަށް ތައްޔާރުވުމުގެ ގޮތުން ކުޅުދުއްފުށީގައި މަސައްކަތްތައް ފަށަައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބޮޑު މުޒާހަރާއަށް ތައްޔާރުވުމަށް ކުޅުދުއްފުށީގައި ބެނާއާއި ބޯޑު ހަދަނީ--ފޮޓޯ: ކުޅުދުއްފުށި އޮންލައިން

މި މަހުގެ 23 ވަނަ ދުވަހު ބާއްވާ ބޮޑު މުޒާހަރާއަށް ތައްޔާރުވުމުގެ ގޮތުން ކުޅުދުއްފުށީގައި މަސައްކަތްތައް ފަށައިފިއެވެ.

ކުޅުދުއްފުށީގެ އޮންލައިން ނޫހެއްކަމަށް ވާ ކުޅުދުއްފުށި އޮންލައިނަށް ވާހަކަ ދައްކަމުން މުޒާހަރާ ރާވާ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ މުޖްތަބާ އަހްމަދު ބުނެފައިވަނީ މަދަނީ އިއްތިހާދުން އިސްނަގައިގެން އިސްލާމްދީންގެ ހިމާޔަތުގެ ނަމުގައި  މިޑިސެމްބަރު މަހުގެ 23 ގައި މާލޭގައި ބާއްވާ މުޒާހަރާ ކުޅުދުއްފުށީ ގައިވެސް ކުރިއަށްދާނެ ކަމަށާއި އެމުޒާހަރާ މާލޭގައި ހުއްޓާލާދެން މެދުނުކެނޑި ކުޅުދުއްފުށީގައިވެސް ކުރިއަށްދާނެކަމަށެވެ.

ކުޅުދުއްފުށީގައި އެ މުޒާހަރާ ބާއްވަނީ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއްގެ މަތިންކަމަށް އެ ކަމުގައި އިސްކޮށް ހަރަކާތްތެރިވާ މުޖްތަބާ ވަނީ ހާމަކޮށްފައެވެ. އަދި އެއީ ސުލްހަވެރި މުޒާހަރާއެއް ކަމަށް އެ ފަރާތުންވަނީ ހާމަކޮށްފައެވެ.

މިހާރު މުޒާހަރާގައި ބޭނުންކުރާނެ ބެނާތަކާއި ބޯޑްތައް ތައްޔާރުކުރާކަމަށާއި މުޒާހަރާ ފަށާނީ ހުކުރު ދުވަހު 4:30 ގައި ކުޅުދުއްފުށީ އަމީރު އަމީން ސްކޫލާ ދިމާލުން ބަންޑާރަ މައިދާނުން ކަމަސް މުޖްތަބާ ވަނީ ކުޅުދުއްފުށީ ލައިވަށް މައުލޫމާތު ދީފައެވެ.

ބޮޑު މުޒަހާރާގައި ބައިވެރި ވުމަށްޓަކައި ގިނަ ރަށް ރަށުން މިހާރު ދަނީ ތައްޔާރު ވަމުންނެވެ.

ޓެގް

ޑިސެމްބަރު 23 މުޒާހަރާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.