ދިއިސްލާމް ސީރިއާގެ ހަމަނުޖެހުންތަކުގައި ފަސްހާހަށްވުރެ ގިނަ މީހުން މަރުވެއްޖެ : އ.ދ

ސީރިއާގެ ހަމަނުޖެހުންތަކުގައި ފަސްހާހަށްވުރެ ގިނަ މީހުން މަރުވެއްޖެ : އ.ދ

ސީރިއާގެ ހަމަނުޖެހުންތަކުގައި ފަސްހާހަށްވުރެ ގިނަ މީހުން މަރުވެއްޖެ : އ.ދ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ސީރިއާ ސަރުކާރާ ދެކޮޅަށް ކުރަމުން އަންނަ މުޒާހަރާތަކުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 5،000 އަށް ވުރެ މައްޗަށް އަރައިފި ކަމަށް އ.ދ.ގެ ހިއުމަން ރައިޓްސް އެމްބެސަޑަރު ވިދާޅުވެއްޖެއެވެ.

ސީރިއާގެ ހާލަތާ ބެހޭ ގޮތުން ސަލާމަތީ މަޖިލީހަށް މައުލޫމާތު ދެއްވަމުން އެމްބެސަޑަރު  ވިދާޅުވީ ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ސިފައިންނާ ދެކޮޅަށް، އެ ގައުމުގެ އިދިކޮޅު ފަރާތްތަކުން ދެމުން އަންނަ ހަމަލާތައް ވެސް އިތުރުވެފައިވާ ކަމަށެވެ. ނަމަވެސް ބައްޝާރާ ދެކޮޅަށް މުޒާހަރާކުރާ މީހުންނަށް ކުރިމަތިވަމުންދާ ގެއްލުންތައް ވެސް ވަނީ ވަރަށް ބޮޑުވެފައި ކަމަށް ވިދާޅުވިއެވެ.

ސަލާމަތީ މަޖިލީހުގެ 15 މެންބަރުންނާ ޕިއްލޭ ވަކިން ބައްދަލުކުރައްވައި ސީރިއާގެ މައުލޫމާތު ދެއްވާފައި ވާއިރު އެ މަޖިލީހުން އޮކްޓޫބަރު މަހު ވަނީ ސީރިއާ ކުށްވެރިކޮށް ގަރާރެއް ފާސްކުރަން މަސައްކަތްކޮށްފަ އެވެ. މުޒާހަރާތަކާ ގުޅިގެން ސީރިއާ ސަރުކާރުން އަމަލުކުރަމުންދާ ގޮތް ކުށްވެރިކުރުމުގައި ސަލާމަތީ މަޖިލިސް ނާކާމިޔާބުވީ އެ މަޖިލީހުގެ ދާއިމީ މެންބަރުންގެ ތެރޭގައި ހިމެނޭ ޗައިނާ އާއި ރަޝިއާ އިން ގަރާރަށް ދެކޮޅު ހެދުމުންނެވެ.

ސަލާމަތީ މަޖިލީހުގައި ހިމެނޭ ފްރާންސްގެ ސަފީރު ވިދާޅުވީ ސީރިއާ ކުށްވެރިކުރުމުގައި ސަލާމަތީ މަޖިލިސް ނާކާމިޔާބު ވެފައި ވާތީ އެ މަޖިލީހުން ވެސް ކޮންމެވެސް ސިފައެއްގައި ޒިންމާވާން ޖެހޭ ކަމަށެވެ. ސަފީރު ވިދާޅުވީ ސީރިއާގައި މުޒާހަރާކުރާ މީހުންނާ މެދު ސަރުކާރުން އަނިޔާވެރިވަމުން ދާއިރު ސަލާމަތީ މަޖިލސް އޮތީ ހިމޭނުން ކަމަށެވެ.

ސަލާމަތީ މަޖިލީހަށް މައުލޫމާތު ދެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕިއްލޭ ވިދާޅުވީ މިހާތަނަށް 5،000 މީހަކު މަރުވެފައި ވާއިރު އޭގެ ތެރޭގައި 300 ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ. އޭނާ ވިދާޅުވީ ސީރިއާގައި ކަން ހިނގަމުންދާ އުސޫލަށް ބަލާއިރު އެއީ އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާތަކެއް ކަމަށެވެ. ޕިއްލޭ ވިދާޅުވީ މިހާތަނަށް 14،000 މީހަކު ހައްޔަރުކޮށްފައި ވާއިރު ހަމަނުޖެހުންތަކާ ގުޅިގެން 12،400 މީހަކު އެހެން ގައުމުތަކަށް ހިޖުރަކޮށްފައިވާ ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.