
ޖަމްޢިއްޔަތުއްސަލަފުން "ޙައްޤާއި ބާޠިލް" ގެ ނަމުގައި ރޭ ބޭއްވި ދަރުސް އަޑުއަހަން ގިނަ އަދަދެއްގެ މީހުން ޖަމާވެފައި---ދިއިސްލާމްފޮޓޯ:އިބްރާހިމް އަޝްވާގު އިހްސާން
ޖަމްޢިއްޔަތުއްސަލަފާ ބައްދަލުކުރުމަށް ރައީސް މުޙައްމަދު ނަޝީދު ދަޢުވަތު ދެއްވިކަމަށް ބުނާ ވާހަކަ ސަލަފުން ދޮގުކޮށްފިއެވެ.
ސަލަފުގެ ވެބްސައިޓުގައި ބުނެފައިވަނީ މިޖަމްޢިއްޔާއަށް، މިހާތަނަށް ރައީސުލް ޖުމްހޫރިއްޔާ ނުވަތަ ސަރުކާރުގެ އެއްވެސް ފަރާތަކުން 23 ޑިސެމްބަރުގައި ބޭއްވޭ ބޮޑު މުޒާހަރާ އާއި ގުޅޭގޮތުން ނުވަތަ ރާއްޖޭގައި ޙައްދުތައް ޤާއިމު ކުރުމާއި ގުޅޭގޮތުންވެސް ވާހަކަ ދެއްކުމަށް ނުވަތަ މަޝްވަރާ ކުރުމަށް ދަޢުވަތު ލިބިފައެއް ނުވާކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސަިޓުގައި ޝާއިޢު ކޮށްފައިވާ ޚަބަރަކީ ކަނޑައެޅިގެން ދޮގެއްކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި ހާމަކޮށްފައިވަނީ ޑިސެމްބަރ 16 ވީ ހުކުރު ދުވަހު ރައީސުލްޖުމްހޫރިއްޔާ ދެއްވި ރޭޑިއޯ ޚިތާބްގައި ފާހަގަ ކުރައްވާފައިވާ ގޮތުގެ މަތިން، ރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގައި ދީނީ ޙައްދުތައް ޤާއިމުކުރުމާ ގުޅޭ ގޮތުން ދީނީ ޢިލްމުވެރިންގެ ހުށައެޅުއްވުން ތަކާއި، އަދިވެސް އެހެނިހެން މަޝްވަރާ ހޯއްދެވުމަށް ސަލަފް ޖަމްޢިއްޔާ އާ އެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިރޭ ބައްދަލުވުމެއް ބާއްވަވަން ބޭނުންފުޅުވާކަމަށް އެ ޖަމްޢިއްޔާގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު މެންދުރުފަހު އެދިވަޑައިގެންފިކަމަށެވެ.
އެހެން ނަމަވެސް ޖަމިއްޔަތުއް ސަލަފު އަބްދުﷲ ބިން މުހަންމަދު އިބްރާހިމް "ހަވީރާ" ވަހަކަ ދައްކަވަމުން ވިދާޅުވީ ރައީސް އޮފީހުން އެފަދަ ހުށަހެޅުމެއް ރަސްމީކޮށް ލިބިވަޑައިގެން ނުވާ ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...