ދިއިސްލާމް ޗައިނާގެ ދާޚިލީ ކަންތަކާއި ނުބެހުމަށް ޗައިނާއިން އެމެރިކާއަށް އިންޒާރުދީފި

ޗައިނާގެ ދާޚިލީ ކަންތަކާއި ނުބެހުމަށް ޗައިނާއިން އެމެރިކާއަށް އިންޒާރުދީފި

ޗައިނާގެ ދާޚިލީ ކަންތަކާއި ނުބެހުމަށް ޗައިނާއިން އެމެރިކާއަށް އިންޒާރުދީފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިންސާނީ ޙައްޤުތަކުގެ ނަމުގައި ޗައިނާގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް ވަންނަން މަސައްކަތް ނުކުރުމަށް ޗައިނާ ސަރުކާރުން އެމެރިކާއަށް އިންޒާރުކޮށްފިއެވެ.

ޗައިނާގެ ޚާރިޖިއްޔާގެ ތަރްޖަމާން ލިޔޯ ވުމިން ވިދާޅުވި ގޮތުގައި އިންސާނީ ޙައްޤުތަކުގެ ނަމުގައި ޗައިނާގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް ވަންނުމުގެ ފުރްސަތު އެމެރިކާ އަށް ނުދޭނެ ކަމުގައެވެ. އޭނާ ވިދާޅުވީ އެމެރިކާއަކީ ވެސް ފުޅާދާއިރާއެއްގައި އިންސާނީ ހައްޤުތަކަށް އަރައިގަންނަމުން ގެންދާ ޤައުމެއް ކަމަށާއި އެމެރިކާގެ ރައްޔިތުންގެ އިންސާނީ ހައްޤުތައް ވެސް އެމެރިކާ އަށް ޙިމާޔަތް ނުކުރެވޭ ޙާލަތުގައި އެމެރިކާ އޮތްއިރު އަމިއްލަ ޤައުމުގެ އިންސާނީ ހައްޤުތައް ޙިމާޔަތްކުރުމުގެ މައްސަލަ އެމެރިކާ އިހްމާލް ކޮށްފައިވާ ކަމުގައެވެ.

ލިޔޯގެ ވާހަކައިގައި ޑިމޮކްރަސީ އާއި އިންސާނީ ޙައްޤުތައް ސިޔާސީ ހަތިޔާރަކަށް ހަދައިގެން އެހެންޤައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަން މަސައްކަތްކުރާ ކަމުގެ ތުހުމަތު އެމެރިކާގެ މައްޗަށް ކުރެއްވިއެވެ.

ޗައިނާ އިން މިމޭރުމުން ވާހަކަ ދައްކާފައި މިވަނީ ޗައިނާގެ އިންސާނީ ހައްޤުތަކަށް ފާޑުވިދާޅުވެ އެމެރިކާގެ ޚާރިޖީ ވަޒީރު ހިލަރީ ކްލިންޓަން ދާދިފަހުން ދެއްވި ބަޔާނަކާ ގުޅިގެންނެވެ. މިބަޔާނުގައި ޗައިނާ އިން އިންޓަރނެޓް ބޭނުންކުރުމުގެ ފުރިހަމަ މިނިވަންކަން އެޤައުމުގެ ރައްޔިތުންނަށް ނުދޭކަމަށް ވިދާޅުވެ ހިލަރީ ވާހަކަ ދައްކަވާފައިވެއެވެ.

އެމެރިކާގެ އިންސާނީ ހައްޤުތަކާބެހޭ ގޮތުން ޗައިނާނެރޭ އަހަރީ ރިޕޯޓްގައި އެމެރިކާ އިން އެޤައުމުގެ ފަގީރުންނާއި ނިކަމެތިންގެ ޙައްޤުތައް ޙިމާޔަތްނުކުރުމާއި ކުޑަކުދިންނާއި އަންހެނުންގެ ޙައްޤުތަކާ ބެހޭ މުޢާހަދާގައި ސޮއިކުރުމަށް ދެކޮޅުހެދުމާއި ފައިސާއާއި ވެރިކަމުގެ ބާރުގައި އެމެރިކާގެ ރައްޔިތުންނަށް މަކަރުހަދައި އޮޅުވާލުމާއި ހަނގުރާމަކޮށްގެންނާއި ވައިގެ ޙަމަލާތައްދީގެން ކުށެއްނެތް ޢާންމުންގެ އެތައް ހާސްބަޔަކު އެމެރިކާ މަރަމުންގެންދާ މައްސަލަ ފާހަގަކޮށްފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.