ނިމެމުން މިދާ 2011 ވަނަ އަހަރަކީ އިޒްރޭލުގެ އަނިޔާވެރި ސަރުކާރުން އެންމެ ގިނައިން ފަލަސްޠީނުގެ ރައްޔަތުން އެމީހުންގެ ގޯތިގެދޮރުން ބޭރުކޮށް މަގުމަތިކުރި އަހަރުކަމަށް އިންސާނީ ޙައްްޤުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުގެ އިއްތިޙާދަކުން ހާމަކޮށްފިއެވެ.
ފަލަސްޠީނުގެ ސަރަޙައްދުގައި އެހީ ދިނުމާއި އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ޖަމްޢިއްޔާތައް ގުޅިގެން ހަދާފައިވާ ކޯލިޝަން ގުރޫޕުން މިދިޔަ އަންގާރަ ދުވަހު ނެރުނު ބަޔާނުގައި އިޒްރޭލުން ހިންގަމުންގެންދާ ޣައިރުޤާނޫނީ ޢަމަލުތައް ވަނީ ކުށްވެރިކޮށްފައެވެ.
އދ ގެ ތަފާތު ހިސާބުތަކުން ދައްކާގޮތުގައި 2011 ވަނަ އަހަރު ހުޅަނގު އައްސޭރިންނާއި އިރުމަތީ ޤުދުސްއިން ބިމާހަމަކޮށްލާފައިވާ ގެއާއި ވަޅުތަކާއި އެހެނިހެން ޢިމާރާތްތަކުގެ ޢަދަދު 500 އަށް އަރާއިރު، ހާހަކަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުންގެ ބޯހިޔާވަހިިިކަން ވަނީ ގެއްލިފައެވެ. މީގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ.
މި އަހަރު އިރުމަތީ ޤުދުސްގައި 4000 އަށްވުރެ ގިނަ ހައުސިން ޔުނިޓް ޢިމާރާތްކުރުމަށް އިޒްރޭލުން ނިންމާފައިވާއިރު މިއީ 2006 ވަނަ އަހަރުގެ ފަހުން މިހާތަނަށް ޢިމާރާތްކުރުމަށް ނިންމި އެންމެ ގިނަ ޢަދަދުގެ ގެތައްކަމަށް އިޒްރޭލުގެ ޖަމިިއްޔާއެއްކަމުގައިވާ "ޕީސް ނައު" އިން ވަނީ ބުނެފައެވެ.
އދ ގެ ރިޕޯޓުން ދައްކާގޮތުގައި މިއަހަރު ޔަހޫދީ ވަޒަންވެރިން ފަލަސްޠިނުގެ ރައްޔަތުންނަށް ދިން ޙަމަލާތައްވަނީ 2010 ވަނަ އަހަރާ އަޅައިބަލާއިރު %50 އިތުރުވެފައެވެ. މީގެ އިތުރުން ދިހަ ހާހަށް ވުރެ ގިނަ ޒައިތޫނި ގަހާއި އެހެނިހެން ތަފާތު ބާވަތުގެ ގަސްގަހާގެހި ވެސް ވަނީ ހަލާކުކޮށްލާފައެވެ.
_______________
މަޞްދަރު: މަޢަން ނިއުސް އޭޖެންސީ

ކޮމެންޓް (0)
ލޯޑް ކުރަމުން...