ދިއިސްލާމް ޔުނެސްކޯގައި ފަލަސްތީނުގެ ދިދަ ނަގައިފި

ޔުނެސްކޯގައި ފަލަސްތީނުގެ ދިދަ ނަގައިފި

ޔުނެސްކޯގައި ފަލަސްތީނުގެ ދިދަ ނަގައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

 

ޔުނެސްކޯގެ މައި މަރުކަޒުގައި ދިދަ ނެންގެވުމަށް ފަހު ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވާހަކަފުޅު ދައްކަވަނީ

ފުރަތަމަ ފަހަރަށް ޔުނެސްކޯގެ މައި މަރުކަޒުގައި ފަލަސްތީނުގެ ދިދަ ނަގައިފިއެވެ.

ޕެރިހުގައި އިއްޔެ ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ބައިވެރިވަޑައިގަންނަވަމުން ވިދާޅުވީ މިއީ ފަލަސްތީނުގެ ކުރިމަގަށް އެޅުނު ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށެވެ.

ރަސްމިއްޔާތަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މަހްމޫދު ވިދާޅުވީ އިޒްރޭލް މީހުން ދެން ފަލަސްތީނުގެ ބިންތަކުގައި އާބާދުވުން ހުއްޓާލަންވީ ކަމުގައެވެ. އަދި ޣައްޒާ ސިޓީ މިނިވަންކޮށް އަދި ގަދަ ކަމުން ފޭރިގަނެގެން އުޅޭ ބިންތައް ފަލަސްތީނުގެ ރައްޔިތުންނާއި ހަވާލު ކުރުމަށް ވެސް ގޮވާލެއްވިއެވެ.

މިއަހަރު އޮކްޓޯބަރ 31 ވަނަ ދުވަހު ފަލަސްތީނު ޔުނެސްކޯގެ މެންބަރަކަށް ހެދުމަށް ފެނޭތޯ ބެލުމަށް ނެގި ވޯޓުން ވަނީ ވަރަށް ކާމިޔާބެއްލިބިފައެވެ. އެގޮތުން 173 މެންބަރުންގެ ތެރެއިން 107 މެންބަރުން ވޯޓްދިނީ ފެންނަ ކަމަށެވެ. 14 މެންބަރުން ނުފެންނަކަމަށް ދިންއިރު 52 މެންބަރުން ވޯޓުގައި ބައިވެރި ނުވެއެވެ.

ދިވެހިރާއްޖެ ހިމެނެނީ މިވޯޓުގައި ބައިވެރިނުވާ ލިސްޓުގައެވެ. ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައި ވަނީ މިވޯޓުގައި ބައިވެރިނުވެވުނީ ރާއްޖޭގެ ސަރުކާރުން ފޮނުވި ވަފުދަށް ބަލަންވާ ވަރަށް ނުބެލިގެން އެރި އޮޅުންތަކެއްގެ ސަބަބުން ކަމަށެވެ.

ފަލަސްތީނަށް ޔުނެސްކޯގެ މެންބަރުކަން ދިނުމާ އެކު އެމެރިކާ އާއި އިޒްރޭލުން ވަނީ ޔުނެސްކޯ އަށް ފަންޑް ދިނުން ހުއްޓާލާފައެވެ. އދ. ގެ ޖަމިއްޔާތަކުގެ ތެރެއިން ޔުނެސްކޯއަކީ ފަލަސްތީނު މެންބަރަކަށް ވީ ފުރަތަމަ ޖަމިއްޔާއެވެ. އަދި މެންބަރުކަމަށް ފާސްވެފައި މިވަނީ ފަލަސްތީނުގެ މިނިވަން ދައުލަތުގެ މައްސަލަ އ.ދ. ގެ ގިނަ ޤައުމުތަކުން ބަލައިގަތުމަށް ނިންމާފައިވާއިރު، އެމައްސަލަ ސަލާމަތީ މަޖިލީހުގައި ވީޓޯ ކުރާނެކަމުގެ އިންޒާރު އެމެރިކާއިން ދެމުން ދަނިކޮށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.