ދިއިސްލާމް ޢިލްމުވެރިންނަކީ ދިވެހިން މަރަން ގޮވާ ބައެއް ކަމަށް ސަރުކާރުގެ އިސްވެރިން ވިދާޅުވެ ބޮޑު ބުހުތާނު ދޮގު ހަދަނީ ލާދީނީ މީހުން ޙިމާޔަތް ކުރަން ވެގެން : ޝައިޚް އާދަމް ޝަމީމް

ޢިލްމުވެރިންނަކީ ދިވެހިން މަރަން ގޮވާ ބައެއް ކަމަށް ސަރުކާރުގެ އިސްވެރިން ވިދާޅުވެ ބޮޑު ބުހުތާނު ދޮގު ހަދަނީ ލާދީނީ މީހުން ޙިމާޔަތް ކުރަން ވެގެން : ޝައިޚް އާދަމް ޝަމީމް

ޢިލްމުވެރިންނަކީ ދިވެހިން މަރަން ގޮވާ ބައެއް ކަމަށް ސަރުކާރުގެ އިސްވެރިން ވިދާޅުވެ ބޮޑު ބުހުތާނު ދޮގު ހަދަނީ ލާދީނީ މީހުން ޙިމާޔަތް ކުރަން ވެގެން : ޝައިޚް އާދަމް ޝަމީމް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

 

ޝައިޚް އާދަމް ޝަމީމް މިމަހު 1 ވަނަ ދުވަހުގެ ރޭ އަލިމަސް ކާނިވަލުގައި "އިސްލާމްދީން ޙިމާޔަތް ކުރުން" މި މައުޟޫއަށް ދަރުސް ދެއްވަނީ - ދިއިސްލާމް ފޮޓޯ: އިބްރާހީމް އަޝްވާޤް

ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި، ދީނަށް ލޯބިކުރާ ރައްޔިތުންނަކީ ދިވެހިން މަރަން ގޮވާ ބައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދާއި އެމަނިކުފާނުގެ ޕްރެސް ސެކްރެޓަރީ މުޙައްމަދު ޒުހައިރު ފަދަ ސަރުކާރުގެ އިސްވެރިން ވިދާޅުވެ ބޮޑު ބުހުތާނު ދޮގު ހަދަނީ  ލާދީނީ މީހުން ޙިމާޔަތް ކުރަން ވެގެން ކަމުގައި އައްޝައިޚް އާދަމް ޝަމީމް ވިދާޅުވެއްޖެ އެވެ.

ޝައިޚް އާދަމް ޝަމީމްގެ ފޭސްބުކް ޕޭޖްގައި ރޭ ލިޔުއްވާފައިވާ ލިޔުމެއްގައި ޝައިޚް ވަނީ، ރައީސް މުޙައްމަދު ނަޝީދާއި އެމަނިކުފާނުގެ ކޮމްޕެނީ ބޭފުޅުންނަށް ލާދީނީ މީހުން ޙިމާޔަތް ކުރަން ވެގެން، އެފަދަ  ދޮގު ބުހުތާނަށް ވުރެ ބޮޑު ދޮގެއް ހަދަން ނޭނގުނީތޯ ސުވާލުކުރައްވާފަ އެވެ.

"ދިވެހިން މަރަން ގޮވާ ބައެކޭ ކިޔައިގެން ރާއްޖޭގެ ޢިލްމުވެރިންނާ ދީނަށް ލޯބިކުރާ މީހުންގެ ބޮލުގައި މިއަޅުވާ ދޮގު ބުހުތާނަށް ވުރެ ބޮޑު ދޮގެއް، ލާދީނީ މީހުން ޙިމާޔަތް ކުރަން ވެގެން ރައީސް ނަޝީދާއި އޭނަގެ ކޮމްޕެނީ މީހުންނަށް ހަދަން ނޭނގުނީބާ" ޝައިޚް ޝަމީމް ވިދާޅުވިއެވެ.

ޝައިޚް ވިދާޅުވި ގޮތުގައި، ޝައިޚްވެސް، އަދި އެހެން އެއްވެސް ދީނީ ޢިލްމުވެރިއަކުވެސް ދިވެހިން މެރުމަކަށް އަދި ހިންދޫން، ބުޑިސްޓުން، ކާފަރުން މެރުމަކަށް ގޮވައެއްނުލައްވައެވެ.

"އެންމެން މި ގޮވަނީ އިސްލާމްދީން ނޫން ދީނަކަށް ޖާގަ ނުދޭށޭ. ދިވެހިރާއްޖެ އަކީ އިސްލާމް ރާއްޖެ އެކޭ" މިހާރު މެލޭޝިއާ އިސްލާމިކް ޔުނިވާސިޓީގައި ޕީއެޗްޑީ އަށް ކިޔަވާ ވިދާޅުވަމުންދާ ޝައިޚް ޝަމީމް ވިދާޅުވިއެވެ.

އިސްލާމްދީން ޙިމާޔަތްކުރުމަށް ގޮވާލައި މިމަހު 23 ގައި ބާއްވާ ބޮޑު މުޒާހަރާގެ ރަސްމީ ވެބްސައިޓް ހުޅުވިރޭ އެމުޒާހަރާގެ ޝުޢޫރުތައް ހިމެނިފައިވާ ލިޔުމެއްގައި އިސްލާމްދީނަށް ގޮންޖަހައި ދެކޮޅުހަދާ މީހުންގެ ޙުކުމަކީ މަރު ކަމުގައި އޮތުމާ ގުޅިގެން، ހުރިހާ ދިވެހިންނަކީ އިސްލާމްދީނަށް ގޮންޖަހައި ދެކޮޅުހަދާ ބައެއް ކަމަށް ސިފަކުރައްވާ ރައީސް މުޙައްމަދު ނަޝީދާއި، އެމަނިކުފާނުގެ ޕްރެސް ސެކްރެޓަރީ މުޙައްމަދު ޒުހައިރު އާއި ސަރުކާރުގެ ބައެއް އިސްވެރިން ވަނީ ވާހަކަ ދައްކަވާފައެވެ.

އަދި ޒުހައިރު ވަނީ ދިވެހިންގެ ބަޔަކު މަރާލުމަށް ގޮވާލާ ކަމަށް ވިދާޅުވެ، ޝައިޚް އާދަމް ޝަމީމް އާއި ޝައިޚް ޢިމްރާން ޢަބްދުﷲ ފަދަ، ރައްޔިތުންގެ އިތުބާރު ލިބިފައިވާ ޢިލްމުވެރިންގެ އިސްތަށިފުޅުގައި ބޮޑު ބުހުތާނު ދޮގު ތުހުމަތު އަޅުވައި، ޢިލްމުވެރިންގެ އަގު ވައްޓާލުމަށް މަސައްކަތް ކުރައްވާފައެވެ.

މީގެ ކުރިން ރާއްޖޭގެ ސަރުކާރުގެ ފަރާތުން ވަނީ ބޭރުގެ މީޑިއާތަކުގައި ޝައިޚް އިލްޔާސް ޙުސައިން ފަދަ ޢިލްމުވެރިންނަކީ ޓެރަރިސްޓުން ކަމަށް ބުނެ، ބޮޑު ބުހުތާނު ދޮގު މަޢުލޫމާތު ފަތުރާފައެވެ.

ލާދީނީ މިނިވަންކަމަށް ގޮވާލައި މިދިޔަ ހޮނިހިރު ދުވަހު ކުރި މުޒާހަރާ އަކީ ސަރުކާރުން ހިތްވަރު ދީގެން ހިންގުވި ޣައިރު ޤާނޫނީ ބޮޑު ޖަރީމާއެއް ކަމަށް ގިނަ ފަރާތްތަކަކުން ދަނީ ބުނަމުންނެވެ. އަދި އެމުޒާހަރާ ކުރި ފަރާތްތަކުގެ ތަޙްޤީޤް ކަމާ ބެހޭ މުއައްސަސާތަކުން ފާޅުކަން ބޮޑު ގޮތެއްގައި ކުރިއަށް ނުގެންދާތީ ގިނަ ޢަދަދެއްގެ ދިވެހި ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި ލާދީނީ މުޒާހަރާ ކުށްވެރިކޮށް ސަރުކާރުން މިހާތަނަށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.

ޝައިޚް އާދަމް ޝަމީމްގެ ފޭސްބުކް ޕޭޖް

ޓެގް

އިސްލާމްދީން ޙިމާޔަތްކުރުން ޝައިޚް އާދަމް ޝަމީމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.