ދައުލަތުގެ މީޑިއާ ޗެނަލެއް ކަމުގައިވާ އެމްއެންބީސީ ވަން އިން ގެނެސްދޭ ފާޙިޝް ކަންތައްތަކަށް މަގުފަހިކުރާ ލަވަ މުބާރާތް "ވޮއިސް އޮފް މޯލްޑިވްސް" ގެ ގަދަ ތިނަކުން އަހްޝާމް އިބްރާހީމް ކެޓުމުން، އޭނަގެ "ފޭނުން" ރުޅިއައިސް ރަތަށް އަރައި، އެޗެނަލަށާއި މުބާރާތުގެ ކޯޗުންނަށާއި، ފަނޑިޔާރުންނަށް ހަޑިހުތުރު އެއްޗެހި ކިޔައި އިންޒާރުދެމުން އެބަދެއެވެ.
އައްޑޫ ސިޓީ އަށް ނިސްބަތްވާ އަހްޝާމް މިދިޔަ އާދީއްތަ ދުވަހުގެ ރޭގައި ކެޓުމާއެކު އޭނަގެ ފޭނުން ވަނީ އެމްއެންބީސީ ވަން އާ ދެކޮޅަށް ސޯޝަލް ނެޓްވޯކްގައި ގްރޫޕެއް ހުޅުވާފައެވެ. އެ ގްރޫޕުގައި މީހަކު ވަނީ އެމްއެންބީސީ ވަންގެ މީހުން "ވޮއިސް އޮފް މޯލްޑިވްސް" އޭ ކިޔާފައި އައްޑޫ އަށް އަރައިފި ނަމަ، ހަމަލާދޭނެ ކަމަށް ވެސް އިންޒާރު ދީފައެވެ.
"ފޭނުން" ބުނަމުން ދަނީ މުބާރާތުގެ ފަނޑިޔާރުން އިންސާފުވެރި ނޫން ކަމަށާއި އަހްޝާމް ކަޓުވާލީ ގަސްތުގައި ކަމަށެވެ.
"އެމީހުން ވަކި ބަޔަކަށް އިސްކަންދޭކަން މީގެންވެސް ވަރަށް ރަނގަޅަށް ސާބިތު ވެއްޖެ... އަހުޝާމް އަށް އެހާ ދަށްކޮށް އެސްއެމްއެސް ލިބޭނެ ކަމަކަށް ޤަބޫލެއް ނުކުރެވޭނެ ދުވަހަކުވެސް... ވަރަށް ފޫހިއްވެއްޖެ އެމީހުން ދެކެ... ހަމަ ވިކަފަ އެތިބީ މާބޮޑަށް ވެސް" ނުރުހުން ފާޅުކުރަމުން މީހަކު ބުނެފައި ވެއެވެ.
ބައެއް މީހުން ބުނެފައި ވަނީ އެމްއެންބީސީ ވަން އަކީ ރާއްޖޭގައި އޮތް އެންމެ ބޮޑަށް ފަސާދަވެފައިވާ ޗެނަލް ކަމަށެވެ.
މި ފާޙިޝް މުބާރާތުން ކަޓާފައިވާ ބައެއް މީހުން ވަނީ އެމީހުން ކެޓުމުން ރޮއެ، ހިތާމަ ވެސް ކޮށްފައެވެ.
މިއުޒިކާއި، ފާޙިޝް ލަވަކިޔުމަކީ ކަނަޑައެޅިގެން އިސްލާމްދީނުގައި ޙަރާމްކުރައްވާފައިވާ ކަމެއްކަން ޤުރުއާނާއި ސުންނަތުގެ އަލީގައި ހަތަރު މަޒުހަބުގެ އިމާމުންނާއި، ކުރީގެ އަދި ފަހުގެ ބޮޑެތި ޢިލްމުވެރިން ދަނީ ބަޔާންކުރައްވަމުންނެވެ. އަދި ރާއްޖޭގެ އިސްލާމިކް މިނިސްޓަރ ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީގެ އިތުރުން، ރާއްޖޭގައި ތިއްބެވި އިތުބާރުހުރި ހުރިހާ ދީނީ ޢިލްމުވެރިން މިއުޒިކަކީ ޙަރާމް އެއްޗެއްކަން ބަޔާންކުރައްވާފައި ވެއެވެ.
ދީނީ ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި، މިއުޒިކް ޝޯތަކާއި، މިއުޒިކާއެކު ބާއްވާ ފާޙިޝް ލަވަ މުބާރާތްތަކުގެ ސަބަބުން މުޖުތަމައުގައި ފިތުނަ ފަސާދަ އުފެދި ހަޑިހުތުރު ނުބައި ޢަމަލުތަކަށް މަގުފަހި ކުރެއެވެ. ރާއްޖޭގައި ބާއްވާ މިފަދަ ޝޯތަކާއި މުބާރާތްތަކުގެ ސަބަބުން ހަމަނުޖެހުން އުފެދި، މާރާމާރީ ހިންގުމާ ހަމައަށް ވެސް ބައެއް ފަހަރު ގޮސްފައި ވެއެވެ.
މިއުޒިކާއި ފާޙިޝް ލަވަކިޔުމަކީ ޙަރާމް ކަމެއް ކަން އެނގި، އެކަމުގެ ހުރި ނުބައިކަން ވިސްނިގެން ރާއްޖޭގެ ކުރީގެ ބައެއް މަޝްހޫރު ލަވަކިޔުންތެރިން ވަނީ އެދާއިރާ އެއްކޮށް ދޫކޮށްލާފައެވެ. އެގޮތުން ޢަލީ ރަމީޒް، އައިމިނަތު ޝާނީ، ޢަބްދުލްބާރީ، އިބްރާހީމް ރަމީޒް، މޫސާ ޝިފާޢު (ޓްރިއޯ)، ޢަބްދުﷲ ވަހީދު ފަދަ މީހުން ވަނީ ދެން ދުވަހަކުވެސް މިއުޒިކާ ދާއިރާގައި ހަރަކާތްތެރިނުވާނެ ކަމަށް ރަސްމީކޮށް އިއުލާންކޮށްފައެވެ.
ލަވައާއި މިއުޒިކްގެ ޙުކުމް
އިސްލާމްދީނުގެ ނަޒަރުގައި މިއުޒިކް ވީޑިއޯ އެއްވަނަ ބައި
އިސްލާމްދީނުގެ ނަޒަރުގައި މިއުޒިކް ވީޑިއޯ ދެވަނަ ބައި
އިސްލާމްދީނުގެ ނަޒަރުގައި މިއުޒިކް ވީޑިއޯ ތިންވަނަ ބައި
އިސްލާމްދީނުގެ ނަޒަރުގައި މިއުޒިކް ވީޑިއޯ ހަތަރުވަނަ ބައި
އިސްލާމްދީނުގެ ނަޒަރުގައި މިއުޒިކް ވީޑިއޯ ފަސްވަނަ ބައި
އިސްލާމްދީނުގެ ނަޒަރުގައި މިއުޒިކް ވީޑިއޯ ހަވަނަ ބައި
އިސްލާމްދީނުގެ ނަޒަރުގައި މިއުޒިކް ވީޑިއޯ ހަތްވަނަ ބައި
އިސްލާމްދީނުގެ ނަޒަރުގައި މިއުޒިކް ވީޑިއޯ އަށްވަނަ ބައި
އިސްލާމްދީނުގެ ނަޒަރުގައި މިއުޒިކް ވީޑިއޯ ނުވަވަނަ ބައި
އިސްލާމްދީނުގެ ނަޒަރުގައި މިއުޒިކް ވީޑިއޯ ދިހަވަނަ ބައި
އިސްލާމްދީނުގެ ނަޒަރުގައި މިއުޒިކް ވީޑިއޯ އެގާރަވަނަ ބައި
އިސްލާމްދީނުގެ ނަޒަރުގައި މިއުޒިކް ވީޑިއޯ ބާރަވަނަ ބައި
މިލިޓަރީ މިއުޒިކް
ގިޓާ ކުޅުން

ކޮމެންޓް (0)
ލޯޑް ކުރަމުން...