ބުރާސްފަތި ދުވަހު އިޒްރޭލުގެ ޢަސްކަރިއްޔާ އިން ޣައްޒާ އަށް ދިން ވައިގެ ޙަމަލާއެއްގައި ފަލަސްޠީނުގެ ދެ މީހުން ޝަހީދުވެ އިތުރު އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ.
މަންޒަރު ދުށް މީހުންނާއި ޙަވަލާދީ ޕަލަސްޓީނިއަން އިންފޮމޭޝަން ސެންޓަރ (ޕިކް) އިން ހާމަކޮށްފައިވާ ގޮތުގައި ޣައްޒާ ސިޓީގެ މައި މަގުން ދުއްވާފައި ދިޔަ ކާރަކަށް އިޒްރޭލުގެ ހަނގުރާމަ މަތީ މަތިންދާ ބޯޓަކުން ފޮނުވާލި މިސައިލް ޙަމަލާ އެކާރަށް އަރާފައިވަނީ މީހުން ބައިބޯ ޕާކެއްގެ ކައިރިންނެވެ. އަދި މިގޮވުމުގެ ވަރުގަދަކަމުން ޙަމަލާގައި ޝަހީދުވި މީހުންގެ ހަށިތައް ވަނީ ކާކުކަން ނޭނގޭ ވަރަށް އަނދާފައެވެ.
މި ޙަމަލާއަށް ފަހުވެސް އިޒްރޭލުގެ މަތިންދާބޯޓުތަކުން ދަނީ ޣައްޒާގެ އައްސޭރިފަށުގައި ހަރަކާތްތެރިވެ، އިތުރު ޙަމަލާތަކެއް ދޭނެކަމުގެ ބިރު ދައްކަމުންނެވެ.
ޚަބަރުފަތުރާ ވަޞީލަތްތަކުން ހާމަކުރާގޮތުގައި މިޙަމަލާގައި ޝަހީދުވީ ޙަމާސްގެ ޢަސްކަރީ ގޮތްޕަށާއި ފަތަޙަ ޖަމާޢަތުގެ ޢަސްކަރީ ގޮތްޕަށް ނިސްބަތްވާ ދެ މުޖާހިދުންނެވެ.
މިއީ މިހަފްތާ ތެރޭގައި އިޒްރޭލުން ޣައްޒާއަށް ދިން މިފަދަ ދެވަނަ ޓެރަރިސްޓް ޙަމަލާއެވެ. ބުދަ ދުވަހުގެ ޙަމަލާގައިވެސް ފަލަސްޠިނުގެ އެކަކު ޝަހީދުވެ 2 މިހުންވަނީ ޒަޚަމްވެފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...