ދިއިސްލާމް ޝައިޚް އިލްޔާސް ޙުސައިންގެ ޚާއްޞަ ދަރުސް "ބުނާށެވެ! އަޑުއަހައި ކިޔަމަންވެއްޖައީމެވެ." އެމްއެންބީސީ ވަން އަދި ރޭޑިއޯ އެޓޯލް އިން މިރޭ ލައިވްކުރަނީ

ޝައިޚް އިލްޔާސް ޙުސައިންގެ ޚާއްޞަ ދަރުސް "ބުނާށެވެ! އަޑުއަހައި ކިޔަމަންވެއްޖައީމެވެ." އެމްއެންބީސީ ވަން އަދި ރޭޑިއޯ އެޓޯލް އިން މިރޭ ލައިވްކުރަނީ

ޝައިޚް އިލްޔާސް ޙުސައިންގެ ޚާއްޞަ ދަރުސް "ބުނާށެވެ! އަޑުއަހައި ކިޔަމަންވެއްޖައީމެވެ." އެމްއެންބީސީ ވަން އަދި ރޭޑިއޯ އެޓޯލް އިން މިރޭ ލައިވްކުރަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 

ޝައިޚް އިލްޔާސް ޙުސައިން ދަރުސެއް ދެއްވަނީ

ޕީސް ފައުންޑޭޝަނުގެ ފަރާތުން އިންތިޒާމްކޮށްގެން މިރޭ ބާއްވާ އައްޝައިޚް އިލްޔާސް ޙުސައިންގެ ޚާއްޞަ ދަރުސް އެމްއެންބީސީ ވަން އަދި ރޭޑިއޯ އެޓޯލް އިން ލައިވްކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ޖަމްޢިއްޔާ އިން ބުނެފި އެވެ.

މި ދަރުސް އޮންނާނީ މިރޭ 20:45 ގައި މާލޭ ސިޓީ ވިލިމާލޭ އަވަށު ބޯޅަ ދަނޑުގައެވެ.

ޝައިޚް އިލްޔާސް ދަރުސް ދެއްވާނީ "ބުނާށެވެ! އަޑުއަހައި ކިޔަމަންވެއްޖައީމެވެ." މި މައުޟޫއަށެވެ. މި ދަރުސްގައި ރާއްޖޭގެ މަސްރަހުގައި މިއަދު ދިމާވަމުންދާ ތަފާތު ކަންތައްތަކުގެ މައްޗަށް ޝައިޚް ވާހަކަދައްކަވާނެ ކަމަށް އެ ޖަމްޢިއްޔާ އިން ބުނެއެވެ.

މިދަރުސަށް ވީހާވެސް ގިނަ ބޭފުޅުން ވަޑައިގެންނެވުމަށް ޕީސް ފައުންޑޭޝަނުން ދަޢުވަތު ދެއެވެ.

މިދަރުސް ވެބްސްޓްރީމްކޮށް ރޭޑިއޯ އެޓޯލްގެ ވެބްސައިޓުން އަޑުއައްސަވާލެވޭނެއެވެ.

ޓެގް

ދަރުސް ވީޑިއޯ ޕީސް ފައުންޑޭޝަން ޝައިޚް އިލްޔާސް ޙުސައިން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.