ދިއިސްލާމް ހަތިޔާރު އެޅި ޔަހޫދީ ވަޒަންވެރިންގެ ގުރޫޕަކުން ފަލަސްޠީނުގެ މިސްކިތެއްގައި އަލިފާން ރޯކޮށްލައިފި

ހަތިޔާރު އެޅި ޔަހޫދީ ވަޒަންވެރިންގެ ގުރޫޕަކުން ފަލަސްޠީނުގެ މިސްކިތެއްގައި އަލިފާން ރޯކޮށްލައިފި

ހަތިޔާރު އެޅި ޔަހޫދީ ވަޒަންވެރިންގެ ގުރޫޕަކުން ފަލަސްޠީނުގެ މިސްކިތެއްގައި އަލިފާން ރޯކޮށްލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިޒްރޭލުގެ ޔަހޫދީން އަލިފާން ރޯކޮށްލާފައިވާ ފަލަސްޠީނުގެ މިސްކިތެއް

ޙައްދުފަހަނައެޅި ޔަހޫދީ ވަޒަންވެރިންގެ ގްރޫޕަކުން  ހުޅަނގުއައްސޭރީގެ "ސަލްފީތު" ސަހަރުގެ އަވަށެއްކަމުގައިވާ "ބިރޫޤީން" އަށް ހަތިޔާރާއެކު އަރައި އެއަވަށުގެ މިސްކިތަކަށް ޙަމަލާދީ އަލިފާން ރޯކޮށްލައިފިއެވެ.

މަންޒަރު ދުށް މީހުން ބުނި ގޮތުގައި ހަތިޔާރު އަޅައިގެން ތިބި ޔަހޫދީ ޓެރަރިސްޓް ގުރޫޕުން އަވަށަށް ޙަމަލާ ދިނީ ބުދަދުވަހުގެ ފަތިސްވަގުތުއެވެ. އެއަށްފަހު މިސްކިތް އަންދާލުމަށްޓަކައި މިސްކިތުގެ ތެރެއަށް ވަންނަން މަސައްކަތްކޮށް އެކަން ނާކާމިޔާބުވުމުން އެމީހުންވަނީ މިސްކިތުގެ މައި ދޮރާށީގައި ރޯކޮށްލުމަށްފަހު އެތާ ކައިރީގައި ޕާކުކޮށްފައި ހުރި ފަލަސްޠީނުގެ މީހުންގެ ކާރުތަކުގައިވެސް އަލިފާންޖަހާފައެވެ.

އެއަވަށުގެ މީހުން އިތުރަށް ޝަކުވާކުރިގޮތުގައިި އެމީހުންގެ ބިންތައް ފޭރިގަތުމުގެ ބޭނުމުގައި އެތާކައިރީ އޮންނަ ޣައިރުޤާނޫނީ ޔަހޫދީ އާބާދީއެއްކަމުގައިވާ "އެރިއަލް" ގައި ދިރިއުޅޭ ޔަހޫދީން ގެންދަނީ  އެމީހުންނަށް ތަފާތު ދުއްތުރާތައްކޮށް އެމީހުންގެ ތަކެއްޗަށް ގެއްލުންތައް ދެމުންނެވެ.

އަދި އެ އަވަށުގެ ދަނޑުވެރިން ބުނިގޮތުގައި ޔަހޫދީން ގެންދަނީ ހަމަ ގަސްތުގައި އެމީހުންގެ ބިންތަކަށް ޔަހޫދީންގެ ފެކްޓްރީތަކުން ބޭރުކުރާ ކުނިބުންޏާއި ނަޖިސް ފެން އަޅަމުންނެވެ. މިކަމުގެ ސަބަބުން އެހިސާބުގަނޑުގައި ދިރިއުޅޭ މީހުންނަށާއި ޖަނަވާރުތަކަށާއި ވަށައިގެންވާ މާހައުލަށްވެސް ދަނީ ބޮޑެތި ގެއްލުންތައްވަމުންނެެވެ. މީގެ ތެރޭގައި ވިހަވުން، ތަފާތު ބަލިތައް ފެތުރުން، ވައި ނުސާފުވުން، ނޭވާލާން އުނދަގޫވުން، ބިމު އަޑީގެ ފެން ފަށަލަ ތަޣައްޔަރުވުން، ގަސްގަހާގެއްސާއި ދަނޑު ގޮވާމުގެ ބާވަތްތައް ހަލާކުވުން އަދި އެހިސާބުގެ ދިރޭ ތަކެތީގެ މާޙައުލަށްވެސް ވަނީ ނުރައްކާތަކާއި ކުރިމަތިވެފައެވެ.

_____________________

މަޞްދަރު: ޕަލަސްޓީނިއަން އިންފޮމޭޝަން ސެންޓަރ

ޓެގް

ފަލަސްޠީން އިޒްރޭލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.