އެމެރިކާގެ އޮފިޝަލުން ބުނި ގޮތުގައި އީރާނުން ވައްޓާލި ޑްރޯން އަކީ އީރާންގެ އުތުރުން ވާ ސަރަޙައްދުތަކުގެ ސާރވޭއެއް ކުރުމުގެ ބޭނުމުގައި "ސީ އައި އޭ" އިން ފޮނުވި ޑޮރޯނެއް ކަމުގައެވެ.
ޑިސެންބަރ 4 ވީ އާދިއްތަ ދުވަހު ޑްރޯން (އާރް،ކިޔު – 170 ) މަތިންދާ ބޯޓް ފުރަތަަމަ ފެނިފައި ވަނީ އީރާންގެ ވައިގެ އަސްކަރިޔާގެ މަތިން ދަތުރު ކުރަނިކޮށެވެ. އަދި ވައްޓާލެވުނީ އީރާންއާއި އަފްޣާނިސްތާންގެ ބޯޑަރު ސަރަޙައްދު ހިސާބަށެވެ. މިކަމާއި ގުޅޭ ގޮތުން ރިޕޯޓަރުން ސުވާލުކުރުމުން އެމެރިކާގެ ދެ އޮފިޝަލުން ބުނެފައިވަނީ އެއީ އީރާނުން މަޢުލޫމާތު ނެގުމުގެ ބޭނުމުގައި ފޮނުވުނު ޑްރޯންއެއް ނޫން ކަމަށާއި އެއީ އަފްޣާނިސްތާނުގައި ވާ އެމެރިކާގެ އިންޓަލިޖެންސީ ގްރޫޕްގެ ބޭނުމަކަށް ފޮނުވުނު އެއްޗެއްކަމަށެވެ. ނަމަވެސް އީރާނުން ވަނީ މިކަން ދޮގު ކޮށްފައެވެ. އަދި މި ފޮނުވުނު ޑްރޯން އަކީ އީރާނަށް ފާރަލުމުގެ ގޮތުން ފޮނުވުނު އެއްޗެއްކަމަށް ބުނެފައެވެ.
އިންސާނަކާއި ނުލާ ރިމޯޓް ކޮންޓުރޯލްގެ އެހީގައި ދަތުރު ކުރާ މި ކުދި މަތިންދާ ބޯޓުތަކަކީ އެމެރިކާއިން ސިއްރުން ޤައުމުތަކަށް ފާރަލުމަށް ބޭނުން ކުރާ ވަޞީލަތެކެވެ. އެމެރިކާ އާއި "ސީ އައި އޭ" ޑްރޯން ބުނުން ކުރަމުން އަންނަނީ އަފްޣާނިސްތާން އަދި ޕާކިސްތާނުގައި މިސައިލް ޤާއިމް ކުރުމުގެ ބޭނުމުގަޔާއި އަދި ހަމަލާ ދިނުމުގެ ބޭނުމުގައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...