ދިއިސްލާމް އެމެރިކާ އާއެކު ހިޒްބުﷲ ޖަމާޢަތުން ވާހަކަދައްކަން ބޭނުންނުވާކަމަށް ބުނެފި

އެމެރިކާ އާއެކު ހިޒްބުﷲ ޖަމާޢަތުން ވާހަކަދައްކަން ބޭނުންނުވާކަމަށް ބުނެފި

އެމެރިކާ އާއެކު ހިޒްބުﷲ ޖަމާޢަތުން ވާހަކަދައްކަން ބޭނުންނުވާކަމަށް ބުނެފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލުބްނާނުގެ ހައްދުފަހަނައަޅާފައިވާ ޝީއީ ރާފިޟީ ޖަމާޢަތެއް ކަމުގައިވާ ހިޒްބުﷲ (ޙިޒްބުއްލާތު) ޖަމާޢަތުގެ ވެރިންނާއެކު އެމެރިކާއިން މަޝްވަރާ ކޮށްފިނަމަ އެކަމުގެ ސަބަބުން ގެއްލުމަށްވުރެ ލިބިގެންދާނީ ފައިދާކަމުގައި އެމެރިކާގެ ޚާރިޖީ ދާއިރާގެ އިސްބޭފުޅަކު ވިދާޅުވެ، އެމެރިކާގެ ސިޔާސަތު ބަދަލުކުރުމަށް ގޮވާލުމުން އެފަދަ ކަމަކަށް ހިޒްބުﷲ ޖަމާޢަތުން މަރުހަބާ ނުކިޔާނެ ކަމުގައި އެޖަމާޢަތުން ހާމަކޮށްފިއެވެ.

ހިޒްބުﷲ ޖަމާޢަތުގެ ނާއިބު ޝެއިޚް ނަޢީމް ކައްސާމް ވިދާޅުވި ގޮތުގައި އެމެރިކާއިން ސިޔާސަތު ބަދަލުކޮށްގެންވެސް އެޖަމާޢަތުން ވާހަކަ ދައްކަން ބޭނުން ނުވާކަމަށެވެ. އެމެރިކާއިން ވާހަކަ ދައްކަން ބޭނުންނަމަ، ރިވެތި ގޮތުގައި ވާހަކަ ދައްކަން ފުރުޞަތު ދެވިފައިވާ ކަމަށާއި އެކަމުގެ ބޭނުން ނުހިފިކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ޚާރިޖިއްޔާއިން ދާދި ފަހުން ހާމަކޮށްފައިވާ ގޮތުގައި ހިޒްބުﷲ ޖަމާޢަތުގެ އޮފިޝަލުންނާއެކު މަޝްވަރާ ކުރެވޭނީ އެޖަމާޢަތުން ކުރިއަށްގެންދާ ޓެރަރިސްޓް ހަރަކާތްތައް ހުއްޓާލުމުން ކަމަށެވެ.

ބްނާނުގައި ހިޒްބުﷲ އަކީ ސިޔާސީ ޖަމާޢަތެއްގެ ގޮތުގައި ނުދެކޭކަމަށް އެމެރިކާއިން ހާމަކޮށްފައިވެއެވެ. އެހެންނަމަވެސް، ހިޒްބުﷲ ޖަމާޢަތުގެ ގިނަ މެމްބަރުންވަނީ ޤާނޫނު ހަދާ މަޖިލީހަށްވެސް ހޮވިފައެވެ. މިކަމާ ގުޅިގެން އެމެރިކާއިން މަޝްވަރާތަކަށް ދިއުމަށް ޚިޔާލު ކުރިކަމުގައިވިޔަސް އެކަމަށް އަލިމަގެއް އަދި ނުފެނެއެވެ.

1982 ވަނަ އަހަރުން ފެށިގެން ހިޒްބުﷲ ޖަމާޢަތުން އަންނަނީ އެމެރިކާއަށް ވަރަށްބޮޑަށް ފާޑު ކިޔަމުންނެވެ. އެޖަމާޢަތް އުފެދުނީއްސުރެ، ލުބްނާނަށް އިސްރާއީލުން ދެމުންދާ ހަމަލާތައް ކުށްވެރިކޮށް އެކަމުގެ ރައްދުގައި ހަމަލާތައް އަބަދުވެސް ދެމުން އައިސްފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.