ދިއިސްލާމް ދެ ހަފްތާގެ ތެރޭގައި ފަލަސްޠީނުގެ 23 ކުޑަކުދިން އިޒްރޭލުގެ ޖަލަށް ލައިފި!

ދެ ހަފްތާގެ ތެރޭގައި ފަލަސްޠީނުގެ 23 ކުޑަކުދިން އިޒްރޭލުގެ ޖަލަށް ލައިފި!

ދެ ހަފްތާގެ ތެރޭގައި ފަލަސްޠީނުގެ 23 ކުޑަކުދިން އިޒްރޭލުގެ ޖަލަށް ލައިފި!

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިޒްރޭލު ސިފައިން ފަލަސްޠީނުގެ ކުޑަކުއްޖަކު ހައްޔަރުކުރަނީ

ފަލަސްޠީނު ސަރުކާރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ ދެ ހަފްތާގެ ތެރޭގައި އިޒްރޭލުގެ އިސްތިޢުމާރީ ސިފައިންވަނީ ފަލަސްޠީނުގެ 23 ކުޑަކުއްޖަކު ހައްޔަރުކޮށް އިޒްރޭލުގެ ޖަލަށްލައިފައެވެ.

ފަލަސްޠީނުގެ ކުޑަކުދިންގެ ޙައްޤުތައް ހޯދައިދިނުމަށް މަސައްކަތްކުރާ ޖަމާޢަތަކުން ބުނި ގޮތުގައި ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާ ބެހޭ ޖަމްޢިއްޔާތަކުން މެދުކެނޑުމެއްނެތި ދެކޮޅުހަދަމުން ދާއިރުވެސް އިޒްރޭލުންވަނީ ފަލަސްޠީނުގެ ކުޑަކުދިން ހައްޔަރުކޮށް ޖަލަށް ލުމުގެ މަސައްކަތް "މެކުހަށް" ޖަހާފައެވެ.

އިޒްރޭލުން މި ކުދިންތައް ހައްޔަރުކޮށްފައިވަނީ އެކުދިންގެ ގެތަކަށް ބަލައި ފާސްކުރުމުގެ ނަމުގައި ވަދެ ގޭގެ ހުރިހާ އެންމެން ބޭރަށް ނެރުމަށްފަހުގައެވެ.

ފަލަސްޠީނުގެ އިންފޮމޭޝަން ޑިޕާޓްމަންޓް އޮފް ޗިލްޑްރަން އިން ދާދިފަހުން ނެރުނު ރިޕޯޓުގައި ވާގޮތުން 2011 ވަނަ އަހަރުގެ ފަލަސްޠީނުގެ އާބާދީގެ 48.2 އިންސައްތަ އަކީ 18 އަހަރުން ދަށުގެ "ކުޑަކުދިން" ނެވެ.

_______________________

މަޞްދަރު: ޕެލަސްޓީނިއަން އިންފޮމޭޝަން ސެންޓަރ

ޓެގް

ފަލަސްތީން އިޒްރޭލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.