ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޒަޔަނިސްޓުންގެ ޑްރޯން ޓެރަރިސްޓް ހަމަލާތަކުން ފަލަސްތީނުގެ ގާޒާގެ 800 އަށް ވުރެ ގިނަ މުސްލިމުން މަރުވެއްޖެކަމަށް ފަލަސްތީނުގެ އިންސާނީ ޙައްޤުތަކާއިބެހޭ މަރުކަޒަކުން ހާމަކުރައްވައިފިއެވެ.
ޕަލަސްޓީނިއަން ސެންޓަރ ފޮރ ހިއުމަން ރައިޓްސްއިން ހާމަކުރެއްވިގޮތުގައި ޔަހޫދީންގެ ވައިގެ ހަމަލާތަކުން ޖޫން 2006 ފަށައިގެން އޮކްޓޯބަރ 2011 އާއި ހަމަޔަށް މިހާރު ޕަލަސްތީނުގެ 825 ރައްޔިތުން މަރުވެފައިވާކަމަށެވެ.
"އަހަރެމެންނަށް ޑްރޯންއޭ ބުނުމުން އޭގެ މާނައަކީ މަރު...ޑްރޯންގެ އަޑު އިވެއްޖެނަމަ، އެއަޑުއިވެނީ މަރުގެ އަޑު،" މި ޖަމިއްޔާގެ ޑެޕިއުޓީ ޑިރެކްޓަރ ހަމްދީ ޝަޤުރާ ވިދާޅުވިއެވެ.
އެފް16 ގެ ހަނގުރާމަވެރި ޖެޓުތަކާއި އަޕާޗީ ހެލިކޮޕްޓަރުތަކުން މިސައިލް ހަމަލާތައް ދިނުމުގެ ކުރިން ޒަޔަނިސްތުން އެންމެ ފުރަތަމަ ހަމަލާދެމުންގެންދަނީ ޑްރޯން ބޭނުންކޮށްގެން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ޑްރޯން އުފެއްދުމަށް ޔަހޫދީންނާއި އެންމެ ގާތުން މަސައްކަތްކުރަމުންދަނީ ދުނިޔޭގައި އޮތް އެންމެ ބޮޑު އެއްޓެރަރިސްޓު ޤައުމުކަމުގައިވާ އެމެރިކާއިންނެވެ. އެމެރިކާއިން ޔަހޫދީންނަށް އަސްކަރީގޮތުން އެހީވުމަށް އަހަރަކު 3 ބިލިއަން އެމެރިކާ ޑޮލަރުދެއެވެ.
ޑިސެމްބަރ 2008ކުން ޖެނުއަރީ 2009ކުން ގާޒާއަށް ޔަހޫދީން ދިން އަނިޔާވެރި ޓެރަރިސްޓް ހަމަލާތަކުގައި ފަލަސްތީނުގެ 1400 ރައްޔިތުން މަރުވެފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...