ދިއިސްލާމް ދުނިޔޭގެ އެންމެ ނުފޫޒުގަދަ 500 މުސްލިމުންގެ ލިސްޓުގައި ޝައިޚް ޝަހީމް ދެވަނަ ފަހަރަށް ހިމެނިވަޑައިގެންފި

ދުނިޔޭގެ އެންމެ ނުފޫޒުގަދަ 500 މުސްލިމުންގެ ލިސްޓުގައި ޝައިޚް ޝަހީމް ދެވަނަ ފަހަރަށް ހިމެނިވަޑައިގެންފި

ދުނިޔޭގެ އެންމެ ނުފޫޒުގަދަ 500 މުސްލިމުންގެ ލިސްޓުގައި ޝައިޚް ޝަހީމް ދެވަނަ ފަހަރަށް ހިމެނިވަޑައިގެންފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 

އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު - ދިއިސްލާމް ފައިލް ފޮޓޯ

 އުރުދުންގެ ރޯޔަލް އިސްލާމިކް ސްޓްރެޓެޖިކް ސްޓަޑީޒް ސެންޓަރުން ކޮންމެ އަހަރަކު ހޮވާ ދުނިޔޭގެ އެންމެ ނުފޫޒުގަދަ 500 މުސްލިމުންގެ 2011 ވަނަ އަހަރުގެ ލިސްޓުގައި ވިލާ ކޮލެޖްގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް އިސްލާމިކް ސްޓަޑީޒްގެ ޑީން އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ހިމެނިވަޑައިގެންފިއެވެ.

ޝައިޚް ޝަހީމް ވަނީ މިލިސްޓްގައި މިދިޔަ އަހަރު ވެސް ހިމެނިވަޑައިގެންފައެވެ.

ޝައިޚް ޝަހީމް މިލިސްޓްގައި ހިމެނިވަޑައިގެންފައި ވަނީ ދީނީ ކަންތައްތަކާ ބެހޭ އިދާރީ ދާއިރާގައި ފާހަގަކުރެވޭ ޝަހްސިއްޔަތުތަކުގެ ބައިގައެވެ. އެގޮތުން، އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ ގޮތުގައި ހުންނެވިއިރު އެމިނިސްޓްރީ ހިންގެވުމުގައި ޝަހީމް ދައްކަވާފައިވާ ޢިލްމީ ހުނަރާއި އަދި ޤިޔާދަތާއި، ރާއްޖޭގެ އިސްލާމީ އެއްބައިވަންތަކަން ހިފެހެއްޓުމުގެ ޤަވާއިދު ޑްރާފްޓް ކުރެއްވުމުގައި އަދާކުރައްވާފައިވާ އިސް ދައުރު ފާހަގަކޮށްފައި ވެއެވެ.  އަދި ރާއްޖޭގައި އިސްލާމީ ހޭލުންތެރިކަން ފެތުރުއްވުމަށް ޝަހީމް ކުރައްވާ މަސައްކަތް ވެސް އެސެންޓަރުން ފާހަގަކޮށްފައި ވެއެވެ.

ޢަދާލަތުޕާޓީގެ އިސްތަރުޖަމާނު އަދި ޢިލްމުވެރިންގެ މަޖިލީހުގެ މެމްބަރުކަން ވެސް ކުރައްވާ ޝައިޚް ޝަހީމަށް މި ޝަރަފް ލިބިވަޑައިގަތުމާ ގުޅިގެން ޢަދާލަތުގެ އިސްވެރިންނާއި މެމްބަރުންގެ އިތުރުން އާއްމު ފަރާތްތަކުން ވަނީ ޝަހީމަށް މަރުޚަބާ ކިޔާފައެވެ.

ޓެގް

ޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.