ދިއިސްލާމް މުސްލިމަކަށް ހަމަލާދިން އެމެރިކާގެ މީހަކު 6 މަސް ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފި

މުސްލިމަކަށް ހަމަލާދިން އެމެރިކާގެ މީހަކު 6 މަސް ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފި

މުސްލިމަކަށް ހަމަލާދިން އެމެރިކާގެ މީހަކު 6 މަސް ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޖޯރޖް ތޮމްޕްސަން

މުސްލިމަކަށް ހަމަލާދިން އެމެރިކާގެ މިނިއަޕޮލިސްގެ ރައްޔިތަކު 6 މަސް ދުވަހަށް ޖަލަށްލުމަށް ޙުކުމްކޮށްފިއެވެ.

އުމުރުން 64 އަހަރުގެ ޖޯރޖް ތޮމްޕްސަން ހަމަލާދީފައިވަނީ އެނާއާއި އެކު ޓްރާންސްޕޯޓޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަންގައި މަސައްކަތްކުރާ ސޯމާލިއާ ދަރިކޮޅުގެ މުސްލިމު މީހަކަށެވެ.

"ތޮމްޕްސަން ބާރއަކުން ނިކުމެ 82 އަހަރުގެ ސޮމާލީ މީހަކަށް އޭނާ ހަމަލާދިން. 'ކަލޭތީ މުސްލިމެއް. ކަލޭދޭ ކަލޭގެ ޤައުމަށް،' މިހެން ތޮމްޕްސަން ބުނެފައިވާކަމަށް ހެކިން ހާމަކޮށްފައިވޭ،" މިމައްސަލައިގެ ލިޔެކިއުންތަކުގައި ބުނެފައިވެއެވެ.

މިނިއަޕޮލިސްގެ ފެޑެރަލް ކޯޓުގައި ޖޯރޖް ތޮމްޕްސަންގެ މައްޗަށް 6 މަސް ދުވަހަށް ޖަލަށްލުމަށް ޙުކުމްކޮށްފައިވަނީ 'މެތިއު ސެޕަރޑް އެންޑް ޖޭމްސް ބަޔަރޑް ޖޫނިއަރ ހޭޓް ކްރައިމްސް ޕްރިވެންޝަން އެކްޓް' ގެ ދަށުންނެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި ތޮމްޕްސަންއަކީ މިޤާނޫނުގެ ކުށް ސާބިތުވެފައިވާ ފުރަތަމަ މީހާއެވެ.  މެތިއު ސެޕަރޑް އެންޑް ޖޭމްސް ބަޔަރޑް ޖޫނިއަރ ހޭޓް ކްރައިމްސް ޕްރިވެންޝަން އެކްޓަކީ 2009 ވަނަ އަހަރުގެ އޮކްޓޯބަރ މަހު ފާސްކުރެވުނު ޤާނޫނެކެވެ. މިޤާނޫނަށް މިނަން ދެވިފައިވަނީ 1998 ވަނަ އަހަރު ބަޔަކު ވަގަށްނަގައި މަރާލެވުނު އެއްޖިންސުން ގުޅުންހިންގާ ޒުވާނެއްކަމުގައިވާ މެތިއު ޝެޕަރޑްއާއި ހަމަ އެހަރު ޓެކްސަސްގައި މަރާލެވުނު ކަޅު ނަސްލުގެ ޖޭމްސް ބަޔަރޑް ޖޫނިއަރގެ ނަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.